ރަމަޟާން މަހުގައި ކައިވެނި ކޮށްދޭނެ ގަޑިތައް ފެމިލީ ކޯޓުން ހާމަކޮށްފިއެވެ.

Ads by Asuru

ފެމިލީ ކޯޓުން ކުރިވއިއުލާނެއްގައި ވަނީ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު ކައިވެނި ކޮށްދިނުމަށް ނިންމާފައިވަނީ ކޯޓުގައި ރަސްމީ ގަޑީގައިނަމަ ހެނދުނު 9:30އިން މެންދުރު 12:30އަށް ކަމަށެވެ.

އަދި ނުރަސްމީ ގަޑިތަކުގައި ކައިވެނިކޮށްދޭނީ ރޭގަނޑު 21:30 އިން 23:00އަށްކަމަށެވެ. އަދި ކޯޓުން ބޭރުގައިނަމަ ނުރަސްމީ ގަޑީގައި ކައިވެނިކޮށްދޭނީ ރޭގަނޑު 21:30 އިން 23:00 އަށް ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ފެމިލީ ކޯޓުން ރަމަޟާން މަސް ނޫން މަސްތަކުގައި ކައިވެނިކޮށްދެމުން އަންނަނީ ހެނދުނު 9:00 އިން 11:30 އަށް އަދި މެންދުރުފަހު 1:00 އާއި 1:30 އަށެވެ. އަދި ނުރަސްމީ ގަޑީގައި ކޯޓުން ބޭރުގައި ހަވީރު 4:00އިން ރޭގަނޑު 9:30 އަށެވެ.