ގަވާއިދާ ހިލާފަށް އުޅުނު 817 ބިދޭސީން މިސަރުކާރުން ފުރުވާލާފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

Ads by Asuru

އޭނާ އިއްޔެ ވިދާޅުވީ، ރައީސް މުޢިއްޒުގެ ވެރިކަމުގައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ޓާސްކް ފޯހެއް އުފައްދަވާފައި ކަމަށެވެ.

އެގޮތުން އެ ޓާސްކްފޯހުން މިހާތަނަށް 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، ފުލުހުންނާ އިމިގްރޭޝަން ގުޅިގެން 15 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގައުމަށް ފޮނުވާލުމުގެ ޕްރޮގްރާމްގެ ދަށުން މި ސަރުކާރުން މިހާތަނަށް ފުރުވާލި 817 މީހުންގެ ތެރޭގައި ހިމެނެނީ ރީ-އިންޓަރގްރޭޝަން އޮޕަރޭޝަންގެ ދަށުން ފުރުވާލި 527 ބިދޭސީންނާއި، ޑީޕޯޓް ކޮށްލި 290 މީހުންނެވެ.

އަދި ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގައި މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ރަނގަޅު ކުރިއެރުމެއް ހޯދިފައިވާކަމަށް ޝައްމާން ވިދާޅުވިއެވެ.