ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވަމުން ގެންދައާ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެއްގެ ގޮތުގައި، ގައުމުގެ މުމްބާއީއަށް ވަޑައިގެންފިއެވެ.
އެމަނިކުފާނު މުމްބާއީއަށް ވަޑައިގެން، މަހާރަޝްތުރަ ސްޓޭޓުގެ މޭޔަރާއި ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
އަދި މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައި، ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ބައްލަވާލައްވާނެއެވެ.
މީގެއިތުރުން މުމްބާއީގައިވެސް ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
H.E. President @ibusolih arrives in Mumbai as the final leg of his current visit to India upon invitation from Prime Minister H.E. Narendra Modi pic.twitter.com/YeZGVQIYt0
— The President's Office (@presidencymv) August 3, 2022
ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅަކީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
