ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއަށް ވ.ފެލިދޫއިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

Ads by Asuru

ރައީސް މިރޭ ފެލިދުއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނު މިއަދު ވަނީ މ.އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުފުޅު ކުރައްވަވައި، އެ އަތޮޅުގެ ކައުންސިލުތަކާ ބައްދަލުކުރައްވައިފައެވެ.

ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރަށްރަށަށް ދަތިވާ ކަންކަން އައްސަވައި، ނޯޓު ކުރައްވަމުންދާއިރު، އެމަނިކުފާނު ވިދާޅުވަނީ، އަމާޒަކީ ފަސް އަހަރުގެ ދައުރުގެ ތެރޭގައި، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ދެ ފަހަރު ޒިޔާރަތް ކުރެއްވުން ކަމަށެވެ.

ރައީސް އިއްޔެ ވަނީ ދ.އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅު ކުރައްވަވައި، އެ އަތޮޅުގެ ރަށްރަށުގެ ތަރައްގީއަށް މުހިންމު ކަންކަމާ ގުޅޭގޮތުން، ކައުންސިލަރުންނާ މަޝްވަރާ ކުރައްވައިފައެވެ.