އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާއެކު ހެދި އެއްބަސްވުން ސަން ޓްރެވަލްއިން ބާތިލުކުރުމާ ގުޅިގެން ދައްކަން ޖެހޭ ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަން ކުންފުނީގެ އިސްވެރިޔާ އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

Ads by Asuru

އިރުފުށި ރިސޯޓު ހިންގުމަށް ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްއިން ބާތިލު ކޮށްފައިވަނީ މީގެ 2013 ވަނަ އަހަރުގައެވެ.

ސަން ސިޔާމްގެ ފަރާތުން އިސްތިއުނާފު ކުރުމުން، ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ތަނެއް ނެތް ކަމަށް ހައިކޯޓުން ކަނޑައެޅީ މިއަދުއެވެ.

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް، ސަން ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމަށް ހައިކޯޓުން ތާއީދު ކުރީ އެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު ހާތިފް ހިލްމީ، އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ނިންމެވީ ސަން ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ބާތިލު ކުރަން ޖެހޭނެ ތަނެއް ނެތް ކަމަށެވެ. މި މައްސަލައިގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުސެއިން ޝަހީދެވެ.