މިއަހަރުގެ އޭޕްރީލްމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 38 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by Asuru

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޭޕްރީލްމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށްވަނީ 22 މިލިއަން ރުފިޔާ ލިބިފައެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 10 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 122 އިންސައްތަ އިތުރު އަދަދެކެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު މަރޗްމަހު މުދަލު ޒަކާތުގެ ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފައެވެ.

އެގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7241.15ރ. ކަނޑައަޅާފައިވާ އިރު، މީގެ ކުރީން މިދިޔަ އަހަރު އޯގަސްޓު މަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 6878.20ރ. އެވެ.