ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނަށް ޕީޕިއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ޖަލްސާ ބާއްވާނީ ”ހަވާލޭ ވަތަން“ ގެ ނަމުގައި ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
މި މަހުގެ 19 ވަނަ ދުވަހުގެ ރޭ މި ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ ކާނިވާ ސަރަހައްދުގައި ރޭގަނޑު 8:30 ގައެވެ. އިދިކޮޅު ކޯލިޝަން ބުނީ ކުލަގަދަ ޖަލްސާއެއް ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
މި ޖަލްސާގައި އަތޮޅު ތެރެއިން ބައިވެރިވާން ބޭނުންވާ ޕީޕީއެމާއި ޕީއެންސީގެ ހުރިހާ މެމްބަރުންނަށް ވެސް އެ ފުރުސަތު އެބައޮތެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ނިންމީ ޕީޕީއެމް-ޕީއެންސީގެ ޖޮއިންޓް ސެނެޓުންނެވެ. މި ނިންމުން އެމަނިކުފާނު ގަބޫލުކުރެއްވުމުން، އެމަނިކުފާނަށް ތާއީދު ކުރާ ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔާފައެވެ.

ޢިންޑިއާ އައުޓް މީނުން އިންޑިއާ ނަމެއްކިޔާގެން ޖަލްސާ ބޭއްވީމަ ވަރަށް ހަޑި