ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.

Ads by Asuru

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މިމަހުގެ 18ވާ ބުރާސްފަތި ދުވަހު ފެށި ނަމަވެސް ތިންވަނަ ދައުރު ފެށޭނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ޖަލްސާތައް ފަށާ ތާރީހު އަދި މެންބަރުންނަށް އަންގާފައި ނުވާކަމަށެވެ. އަދި އެޖެންޑާ ވެސް އަދި ތައްޔާރުކޮށްފައި ނުވާ ކަމަށެވެ.

މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިންމަވާލެއްވުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ ތިންވަނަ ދުވަހުއެވެ.