ބޭނުންވާތަކެތި:

Ads by Asuru

 500 ގްރާމް ބޯންލަސް ކުކުޅު

2 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

2 ސައިސަމުސާ ދިރި

2 ސައިސަމުސާ ކޮތަނބިރި

1 ސައިސަމުސާ ގަރަމް މަސާލާ

1 ސައިސަމުސާ ތެޅި މިރުސް (ނޫނީ ބޭނުން ވަރަކަށް)

½ ޖޯޑު ޕްލެއިން ޔޯގަޓް

1 ފިޔާ

4 ލޮނުމެދު

7 ކާފޫރު ތޮޅި

2 މޭޒުމަތީ ސަމުސާ ބަޓަރު

2 މޭޒުމަތީ ސަމުސާ ތެޔޮ

2 ސައިސަމުސާ ތަންދޫރީ ހަވާދު

½ ޖޯޑު ޓޮމާޓޯ ޕިޔުރީ

3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

1 މޭޒުމަތީ ސަމުސާ ހަކުރު

¾ ޖޯޑު ކާށި ކިރު

ހަދާނެގޮތް:

1. ކުކުޅު ކޮށާށެވެ. ކޮށާނީ ކުޅިމަހަށް ކަނޑުމަސް އާއްމުކޮށް ކޮށާ ސައިޒަށެވެ.

2. ބޮޑު ބޯތަށްޓެއްގައި ލޮނާއި ދިރިއާއި ކޮތަނބިރިއާއި ގަރަމް މަސާލާއާއި ތެޅިމިރުހާއި ޔޯގަރޓް އެއްކުރާށެވެ.

3. ދެން އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާލާ ރަނގަޅަށް އެއްކުރުމަށްފަހު މަތިޖަހާފައި ބަހައްޓާށެވެ. މިގޮތަށް ގިނައިރު ބަހައްޓަން ބޭނުންވާނަމަ ފްރިޖްގައި ބަހައްޓާށެވެ.

4. ފިޔާ ތުނިކޮށް ކޮށާށެވެ. އަދި ލޮނުމެދުތައް ޗަސްކޮށްލާ ކާފޫރުތޮޅިކޮޅުގެ ކޮޅުތައް ކަނޑާލާށެވެ.

5. ބޮޑު ތެއްޔެއްގައި ބަޓަރާއި ތެޔޮކޮޅު އެކުގައި ހޫނު ކުރާށެވެ.

6. ގިނި މެދުމިނެއްގައި ބަހައްޓާފައި އެއަށް ފިޔާ އަދި ކާފޫރު ތޮޅިކޮޅު އަޅާލުމަށްފަހު ފިޔާކޮޅު ރަތްވާން ފަށަންދެން ކައްކާށެވެ.

7. ދެން ލޮނުމެދުކޮޅު އަޅާލާފައި އެއްކޮށްލުމަށްފަހު ބައި މިނެޓުވަރު ކައްކާލާށެވެ.

8. ދެން ތަންދޫރީ ހަވާދު އަޅާ އެއްކޮށްލާށެވެ.

9. ހަވާދުގެ ވަސްދުވަން ފެށުމުން ޓޮމާޓޯ ޕިޔުރީ، ޓޯމާޓޯ ކެޗަޕް، ކުކުޅު އަދި ހަކުރުކޮޅު ތެއްޔަށް އަޅާލައި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ.

10. ދެން ކާށިކިރުކޮޅުވެސް އަޅާލާ އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާށެވެ.

ނޯޓު: މިއީ ލޮނުމެދު.ކޮމްގައި ޝާއިއުކޮށްފައިވާ ރެސިޕީއެކެެވެ.