ދައުލަތުން ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައި އޮތް އަދަބު ދެއްވާނެ ކަަމަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވައްކަން ކުރާ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ އަދަބަކީ އަތް ކެނޑުމެވެ.
އުމަރު ރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ވިދާޅުވީ ރާއްޖޭގައި ދައުލަތުން ވައްކަން ކުރުން ވަނީ ހުރިހާ ލެވެލަކަށް ފެތުރިފައި ކަމަށާއި، އިސްލާމީ ޝަރީއަތުގައި ވައްކަން ކުރާ މީހުންނަށް އޮންނަ އަދަބު ދައުލަތުގެ ތިޖޫރީން ވައްކަން ކުރާ މީހުންނަށް ތަންފީޒު ކުރަން ފަށައިފިނަމަ މުޅި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
އުމަރު ވަނީ މިގޮތަށް އަމަލުކުރަން ފަށައިފިނަމަ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ވެސް ދިވެހި ދައުލަތުގެ މައްޗަށް ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.
އުމަރު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ބަލަނީ ކޮރަޕްޝަން ނެތް ގައުމުތަކުގައި އިންވެސްޓް ކުރުމަށް ކަމަށާއި، ގާނޫނާއި ގަވާއިދު ތަންފީޒުކުރާ ގައުމުތަކުގައި އިންވެސްޓް ކުރުމަށް. އެމީހުން އިންވެސްޓް ކުރަނީ އެންމެ ބާރަށް އިންސާނީ ހައްގުތަކުގައި ހިފާ ގައުމުތައް ހޯދައިގެން އެގައުމުތަކުގައެއް ނޫން ކަމަށެވެ.
ދިވެހި ގައުމު ކުރިއަރައިގެންދާން އެދޭނަމަ ދައުލަތުން ވައްކަން ކުރާ މީހުންނާ ދޭތެރޭގައި އިސްލާމީ ޝަރީއަތުގައިވާ ހުކުމް ތަންފީޒުކުރަންޖެހޭ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
”އަޅުގަނޑު އިރާދަކުރެވިއްޔާ އެކަން ކުރާނަން. އޭރުން ދިވެހި ދައުލަތުގެ ތެރޭގައި މި އަށަގަނެފައިވާ ވައްކަން ކުރުމުގެ ކެންސަރު އިސާހިތަކުން ފިލައިގެން ހިނގައިދާނެ.“ އުމަރު ވިދާޅުވިއެވެ.

ސާބަހޭ އުމަރު ތިބޭފުޅާގެ ގަޓްހުންނާނެ ތަންފީޒްކުރާނެ ވަރަށް ވަރަށް ސާފް
އުމަރަށް ވާނެ. ހިތްވަރު ހުންނާނެ.ކެރޭނެ.ކުރާނެ…..އިސްލާމީ ޝަރީޢަތުގައި ހިފުމަށް އުމަރަށް ބައިޢަތު ހިއްޕަވާ.
ތިކަން ވާނެބާ
އަޅުގަޑުގެ ޢުމަރު: އިސްލާމީ ޝަރީޢަތުން ސަރުކާރުން ވައްކަން ކޮޮށްގެން އަތް ނުކެޑޭނެ. އެއީ ޝަރުތު ހަމަނުވާނެ.
ވައްކަން ކުރާ މީހުން އަތް ކެޑުމާއި މަރަށް މަރުހިފަން މިގައުމުގެ ރައްޔަތުންގެ މެޖޯރިޓީ ބޭނުމެއް ނުވޭ މިގައުމުގެ ފައުންޑޭޝަން ރަނގަޅުކުރަން ދަރީން ކުޑައިރު ތައުޙީދު އުގަންނާދޭން ދުރޫސުލް އަޚްލާގް ކިޔަވާދޭން
ސާބަހޭ އުމަރާ؛ ތިކަހަލަ ދިވެހި ދަރީން މިޤައުމަށް ބޭނުންވަނީ…މާތްﷲ އުމަރަށް މިޤައުމުގެ ވެރިކަން މިންވަރު ކުރަށްވާށި….އާމީން!
ބަލަ ކޮމެންޓް ސަބުމިޓްކުރިފަހުން 24ގަޑިއިރުވީ އިރުވެސް ލާކަށް ނުކެރުން ދޯ.