ހައްޖާއި އުމްރާ ދަތުރުތަކުގައި ބޭނުން ކުރެވޭ ގޮތަށް އުރީދޫ އިން ”ސައުދީ ޕާސްޕޯޓު“ގެ ނަމުގައި ރޯމިން ސިމެއް ތައާރަފުކޮށްފިއެވެ.

Ads by Asuru
އުރީދޫން މައުލޫމާތުދޭ ގޮތުގައި، މި ސިމް މި ހައްޖު މޫސުމުގައި ސައުދީގައި ބޭނުން ކުރެވޭނެއެވެ. ސިމްގެ އަގަކީ 1،000 ރުފިޔާއެވެ.
މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެ ކަމަށާއި ސައުދީ އެއާޕޯޓަށް ފޭބުމަށް ފަހު ސިމް ލެއްވުމުން އިންޓަނެޓްގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.
މިއީ އުމްރާ އާއި ހައްޖަށްދާ މީހުންނަށް ފަސޭހަ ކުރުމަށްޓަކައި އުރީދު އާއ އިސްލާމިކް މިނިސްޓްރީ ގުޅިގެން ތައާރަފުކުރި ހިދުމަތެކެވެ.