ބަރުލަމާނީ ނިޒާމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވޭ މަޖިލީހެއް މިރޭގެ ވަގުތެއްގައި އެމް.ޑީ.ޕީ ހަރުގޭގައި އޮންނާނެކަމަށް ވިދާޅުވެ އެ ބައްދަލުވުމަށް އެމް.ޑީ.ޕީގެ ހުރިހާ މެމްބަރުންނަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ދައުވަތު އަރުވައިފިއެވެ.
ރައީސް ނަޝީދު މިމޭރުމުން ހާމަކުރައްވާފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެމަނިކުފާނުވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސް އަށް އެމަނިކުފާނު ހުށަހަޅުއްވާ ބަރުލަމާނީ ނިޒާމުގެ ގަރާރުގައިވާ ބައެއް ކަންކަން ހިއްސާކުރައްވާ، އެ އިސްލާހު އާންމުކުރައްވާފައެވެ.
Mireyves parliamentary nizam ge mashvara kuriah gendhiumah alhugandu MDP Harugeyga hunnanan. Enme beyfulhun vadaigaiy dhevvun varah edhen pic.twitter.com/EpX5USiSBb
— Mohamed Nasheed (@MohamedNasheed) August 16, 2022
ރައީސް ނަޝީދު ވިދާޅުވީ ހަޔާތުގައި އެމަނިކުފާނު ކަންކަމާ ކުރިމަތިލައްވަނީ އެކަމެއް ކާމިޔާބު ކުރައްވަން ކަމަށާއި އެހެންކަމުން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް އެމަނިކުފާނު ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ބޭނުންވާ އިސްލާހުތައް އެމްޑީޕީގެ ކޮންގްރެސްގައި ފާސްވެ އަދި ދިވެހި ރައްޔިތުންގެ ތާއީދު ވެސް އެކަމަށް ލިބޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބަރުލަމާނީ ގަރާރު އެމްޑީޕީގެ ކޮންގްރެސްގައި ފާސްވުމާ އެކު ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް މިއަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ނަސީދު ދާންވީނު އިންޑިޔާއަށް ބޮޑުވަޒީރުކަން ކުރާހިތްވަންޔާ އިންތިހާބުގާ ކުރިމަތިލާން މީނަބޭނުންހާގޮތެށް ޖެހޭމިގައުމަން ހަދަން ހީވަނީމީނައެކަނިގައުމެންހެން ވަރަންފޫހި
އެކަކުވެސް ދާނެ ކަމެއް ނެއް މިރާއްޖޭގެ ރައްޔަތުންގެ ޝުޢޫރުތަކާ ދެކޮޅަށް މީނަ މިތެޅެނީ ވަރަށް ހަޔާތް ކުޑަވީމަ