މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދު މަގާމުން ވަކި ކޮށްފިއެވެ.

Ads by Asuru

ޕްރަވަޓައިޒޭޝަން ބޯޑުން ބުނީ، މިފްކޯ ގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހު ރަޝީދު އެމަގާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުން ފެށިގެން ވަކިކޮށްފައިވާ ކަމަށެވެ

ސަމާހު މަގާމުން ވަކި ކުރިއިރު، ޕީސީބީން ބަލަމުން އައި މައްސަލައަކާ ގުޅިގެން އޭނާ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑް ވެސް ކުރިއެވެ.

އަދި އޭގެ އެއް މަސް ދުވަސް ފަހުން އޭނާގެ ސްޕެންޝަން އުވާލުމާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާ މަސައްކަތަށް ވެސް ނުކުންނެވިއެވެ.

ސަމާހު ސަސްޕެންޑު ކުރުމުން ކުންފުނީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގުމަށް އުފެއްދި ވަގުތީ ކޮމިޓީ ވެސް އެ ފަހަރު އުވާލިއެވެ.