ފިންލޭންޑްގެ ބޮޑުވަޒީރު ސެނާ މެރިން ޕާޓީ ކުރާ ވީޑިއޯއެއް އާންމުވެ، ގިނަ ބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެއްޖެއެވެ.

Ads by Asuru

މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ، ސެނާ، ފިންލެންޑްގެ ބައެއް މަޝްހޫރު ފަންނާނުންނާއެކު ”ޕާޓީ“ ކުރާ މަންޒަރެވެ.

ވީޑިއޯއާ ގުޅިގެން އޭނާއަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ދިފާއުގައި ސެނާ ބުނީ އޭނާ އަކީ، އެ އުމުރުގެ ގިނަ މީހުން އުޅޭ ގޮތަށް އުޅޭ މީހެއް ކަމަށެވެ. އަދި މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ކަމެއް އޭނާ ނުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.

އާއްމުވި ވީޑިއޯއާ ގުޅިގެން ބައެއް މީހުން ވަނީ ސެނާ އަކީ ”ކޫލް“ ޕްރައިމް މިިނިސްޓަރެއްގެ ގޮތުގައި ސިފަކޮށްފައެވެ.