ދިވެހިރާއްޖެ ދެކެމުންމިދާ ކަޅު ދުވަސްތައް، އިދިކޮޅު ޕީޕީއެމުން ބަދަލު ކުރާނެ ކަމަށް އެޕާޓީގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ ސަރުކާރުން ފޮރިން ސަރވިސްއަށް ބޮޑު ހޭދައެއް ކުރަމުން އަންނާތީ، އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އަދި އެކި ގައުމުތަކުގެ އެމްބަސީތަކުން ސަރުކާރުގެ އިސްބޭފުޅުންގެ އާއިލާގެ މެމްބަރުންނަށް ވަޒީފާތައް ހަމަޖައްސަމުން އަންނަކަން ފާހަގަކުރައްވައި، ފޮރިން ސަރވިސްގެ އޮޑިޓެއް ހަދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި އަލުން ވެރިކަމަށް އައުމަށްފަހުގައި، ޕީޕީއެމުން މިފަދަ ކަންކަން ބަދަލުކުރާނެއެވެ.
އަޅުގަނޑުމެން މި އަންނަނީ މިކަންކަން ބަދަލު ކުރަން. ރައީސް ޔާމީނާއެކު އަޅުގަނޑުމެން 2023 މި ހޯދަނީ، އިރާދަކުރެއްވިއްޔާ، މިކަންތައްތައް ބަދަލު ކުރުމަށްޓަކާ.
ޝިޔާމް ވަނީ ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދިނުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ދައުލަތުގެ ވިޔަފާރި ތައް
1/ އެސްޓީއޯ
2/ ސްޓެލްކޯ
3/ އެމްޑަބުލިއު އެސް
4/ އެޗްޑީސީ
5/ ފެނަކަ
6/ ޝިޕިން ކުންފުނި
7/ ޕޯޓްސް އޮތޯރިޓީ
8/ ދިރާގް
9/ ވަތަނިއްޔާ
10/ އެމްޓީސީސީ
11/ ކުއްޔަށް ދީފައިވާ ބިންތައް، ރިސޯޓް ތަށް
12/ އެއެމް ޕީއާރުސީ
13/ އެއާރޕޯޓް ކޮމްޕެނީ
14/ އައިލެންޑު އޭވިއޭޝަން
15/ އެމްޓީޑީސީ
މިތަންތަނުން ދައުލަތަށް ލިބޭ އާމްދަނީން ދައުލަތް ހިންގޭނެ އިތުރުޓެކުސް ރައްޔިތުންގެ އަތުން ނުނަގާ ވެސް، ޓެކުސް ނަގަން އުޅެނީ ސިޔާސީ ބޭނުމަކު ސިޔާސީ މީހުންގެ ފައިދާޔަކަށް .