ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ މަގްސަދަކީ ފޮޓޯއެއް ނެގުމަށްފަހުގައި، ޕާޓީއަށް ބޯ އިތުރު ކުރުން އެކަނި ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

Ads by Asuru

ރޭ ޖޭޕީއަށް އަލަށް ޒުވާނުންތަކެއް ވަނީ ގުޅިފައެވެ.  އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވެފައިވަނީ ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ފިކުރު، މުޅި ރާއްޖެއަށްވެސް ފުޅާކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ޕާޓީއާ އަލަށް ގުޅޭ މީހުންވެސް، ޕާޓީގެ މަގުސަދު އެހެން މީހުންނަށް ކިޔައިދިނުމަށްވެސް ނަހުލާ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ނަހުލާ ވަނީ ޖޭޕީ އަކީ ޒުވާނުންނަށް ފުރުސަތު އޮތް އަދި ފުރުސަތު ފަހިވެފައިވާ ޕާޓީއެއް ކަމަށާއި ޕާޓީއާއެކު އިތުރަށް ކުރިއަށް ދެވޭނެ މަގުތައް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން ޖޭޕީން އިއުލާންކޮށްފައިވާއިރު އެ ޕާޓީން އަންނަނީ މެމްބަރުން އިތުރުކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްތަކަށް އެ ޕާޓީގެ ލީޑަޝިޕްގައި ހިމެނޭ ބޭފުޅުން އަންނަނީ ދަތުރުތައް ކުރަމުންނެވެ.