ކެންސަރުން ރައްކާތެރިވުން:

Ads by Asuru

އާފަލްގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން އާފަލު ބޭނުންކުރުމުން ތަފާތު ކެންސަރުގެ ބާވަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އެމެރިކަން އެސޯސިއޭޝަން އޮފް ކެންސަރ ރިސާރޗް އިން ހާމަކޮށްފައިވާ ގޮތުގައި ފްލޭވޮނޯލް އިން މުއްސަދި އާފަލު ބޭނުންކުރުމަކީ އެކި ކަހަލަ ކެންސަރުތައް ޖެހުމުގެ ފުރުޞަތު 23 އިންސައްތަ ދަށްކޮށްދޭ ކަމެކެވެ. ކޯރނެލް ޔުނިވަސިޓީގެ ސައިންވެރިން ވަނީ އާފަލުގެ ބޭރު ތޮށިން ”ޓްރައިޓަރޕީނޮއިޑްސް“ ކިޔާ މާއްދާތަކެއް ހޯދާފައެވެ.

މިއީ އުރަމަތި، ފުރަމޭ، ގޮހޮރު ފަދަ ތަންތަނުގައި އުފެދޭ ކެންސަރާއި ދެކޮޅަށް ހަރަކާތްތެރިވުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެކެވެ.

ފުއްޕާމޭގެ ކެންސަރުން ރައްކާތެރިކޮށްދިނުން : 10 ހާސް މީހުން ބައިވެރިކުރި ދިރާސާއަކުން ދައްކާގޮތުގައި އެދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން އާފަލް ގިނައިން ކާމީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުމުގެ 50 އިންސައްތަ ދަށެވެ. ދިރާސާކުރާ ފަރާތްތަކުގައި ގަބޫލުކުރާ ގޮތުގައި މީގެ ސަބަބަކީ އާފަލްގައި ގިނަ އަދަދަކަށް އެކުލެވޭ ފްލޭވޮނޮއިޑްގެ ދެބާވަތް ކަމުގައިވާ ”ކުއެރެސްޓިން“ އަދި ”ނެރިންޖިން“ އެވެ.

އުރަމަތީގެ ކެންސަރުން ރައްކާތެރިކޮށްދިނުން: ކޯރނެލް ޔުނިވަސިޓީގައި މީދާ ބޭނުންކޮށްގެން ދިރާސާއެއް ހެދިއެވެ. އެއިން އެނގުނު ގޮތުގައި ދުވާލަކު އެންމެ އާފަލެއް މީދަލަށް ދިނުމުން، އުރަމަތި ކެންސަރު ޖެހުމުގެ ފުރުޞަތު 17 އިންސައްތަ ދަށްވިއެވެ. 3 އާފަލު ދިނުމުން 39 އިންސައްތަ ދަށްވިއިރު،  އާފަލު ދިނުމުން 44 އިންސައްތަ ދަށްވެގެން ގޮސްފައި ވެއެވެ.

ގޮހޮރުގެ ކެންސަރުން ރައްކާތެރިވުން: ދިރާސާއެއްގައި އާފަލުގެ ތޮށި މީދަށް ކާންދިނުމުން އެމީދާތަކަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 43 އިންސައްތަ ދަށްވެފައިވާކަން ފާހަގަވި އެވެ. އެހެން ދިރާސާއަކުން އެނގިފައިވާ ގޮތުގައި، އާފަލުގައި ހިމެނޭ ޕެކްޓިން އަކީ ގޮހޮރުގެ ކެންސަރުން ރައްކާތެރިކޮށްދީ، ހަޖަމުކުރުން ރަގަޅުކޮށްދޭ މާއްދާ އެކެވެ. އެމެރިކާގެ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓް އިން ގޮހޮރުގެ ކެންސަރުން ރައްކާތެރިވެ ހުރުމަށް ފައިބަރު ގިނަ ކެއުން ބޭނުން ކުރުމަށް އިރުޝާދު ދެއެވެ.

ފުރަމޭގެ ކެންސަރުން ރައްކާތެރިވުން : ދިރާސާއެއްގައި އާފަލުގެ ތޮށި މީދަލަށް ކާންދިނުމުން އެމީދާތަކަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 57 އިންސައްތަ ދަށްވެފައިވާކަން ފާހަގަވިއެވެ.