ޔޫރޯ 2024 އާ ދިމާކޮށް އުރީދޫއިން ރާވާފައިވާ ޚާއްޞަ ހަރަކާތްތައް އިއުލާނުކޮށްފިއެވެ.

Ads by Asuru

އުރީދޫގެ ޚާއްޞަ ޕްރޮމޯޝަންތަކާއި މުބާރާތްތަކާ އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް މި ފުޓްބޯޅަ އީދަކީވެސް އުފާވެރި މަޖާ ސީޒަނަކަށް ވާނެކަން ޔަޤީންކުރާ ކަމަށް އެ ކުންފުނިން ބުނެއެވެ.

1. ސޮނީ ލިވް ޕެކްސް

ޔޫރޯ 2024 އަށް ޚާއްޞަ ސޮނީ ލިވް ޕެކްތަކެއް އުރީދޫއިން ވަނީ ތަޢާރަފުކޮށްފައެވެ. މީގެން އެއް ޕެކްގައި ސޮނީ ލިވްގެ މެމްބަޝިޕާއި 30 ދުވަހުގެ ވެލިޑިޓީއާއެކު 250 ރުފިޔާއަށް 100 ޖީބީ ހިލޭ ޑޭޓާ ހިމެނެއެވެ. މި ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ޑޭޓާ ލިމިޓާ މެދު ކަންބޮޑުވުމެއް ނެތި ޔޫރޯގެ ހުރިހާ މެޗެއް ލައިވްކޮށް ސްޓްރީމްކޮށްލެވޭނެއެވެ. މި ޕެކާއި އެކު ކޮންމެ ތަނެއްގައި ހުރެގެންވެސް މެޗް ބަލާލެވޭނެއެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވޭނެއެވެ.

2. އުރީދޫ ސުޕަރއެޕުން ފުޓުބޯޅަ ފޯރި

a. ސްޕިން ދަ ވީލް

އުރީދޫގެ ސުޕަރ އެޕް ގައި ޔޫރޯއަށް ހާއްސަކޮށް ސްޕިން ދަ ވީލް އުރީދޫ ހުރިހާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ކޮންމެ ދުވަހަކު އެއް ސްޕިން ލިބޭނެއެވެ. އަދި އުރީދޫ އެޕް މެދުވެރޮކޮށް ޕެކް އެކްޓިވޭޓްކޮށްގެން އަދި އިތުރު ޓްރާންސެކްޝަންތައް ކޮށްގެން ސްޕިން ދަ ވީލް އަށް އިތުރު ޓިކެޓް ލިބޭނެއެވެ. ކަސްޓަމަރުންނަށް ދޭ އިނާމުތަކުގެ ތެރޭގައި މޫލީ ކޫޕަން، ޑޭޓާ ޕެކް، އެމް-ފައިސާ ކޭޝް-އިން ފަދަ ތަކެތި ހިމެނެއެވެ.

b. ގެސް ދަ ސްކޯ

އުރީދޫ ސުޕަރ އެޕް މެދުވެރިކޮށް ”ގޭސް ދަ ސްކޯ“ މުބާރާތެއްވެސް ކުރިއަށްދާނެއެވެ. ކޮންމެ މެޗެއްގެވެސް ވަކި ވަގުތެއްގެ ކުރިން މެޗުގެ ސްކޯ ދިމާކުރުމުގެ ފުރުރސަތު ހުޅުވާލެވޭނެއެވެ. އަދި ބައިވެރިވާ ފަރާތްތަކަށް އެކި އިނާމުތައް ވަނީ ހުށަހެޅިފައެވެ.

މިގޮތުން ގްރޭންޑް ޕްރައިޒް ލިބޭ ފަރާތަކަށް ޕްލޭސްޓޭޝަން ކިޓެއް ލިބޭނެ ކަމަށާއި އޭގެ ތެރޭގައި ޕްލޭސްޓޭޝަން 5 ކޮންސޯލް ޑިސްކް ވާޝަން، ޕްލޭސްޓޭޝަން ޕޯޓަލް ރިމޯޓް ޕްލޭޔާ، ޕްލޭސްޓޭޝަން ވީއާރް އަދި ޕީއެސް5 ފީފާ 2024 ހިމެނެއެވެ.

އުރީދޫ ފުޓްބޯޅަ ފޯރި ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ/ އުރީދޫ

 

3-އުރީދޫ ޔޫރޯ ފެންޓަސީ ލީގު

ފެންޓަސީ ލީގަކީ ފުޓުބޯޅަ އަށް ޝައުގުވެރިވާ ގިނަ ބަޔަކު ވަރަށް ފޯރިއާއެކު ބައިވެރިވާ ލީގެކެވެ.

ބައިވެރިންނަށް އެމީހުންގެ ޑްރީމް ޓީމްތައް އުފައްދައި 25،000 ރުފިޔާގެ ގްރޭންޑް އިނާމަށް ވާދަކުރެވޭނެއެވެ. މި ފެންޓަސީ ލީގުގެ ސަބަބުން ސަޕޯޓަރުންނަށް މި މުބާރާތުގައި އިތުރަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫ ފުޓްބޯޅަ ފޯރި ލޯންޗު ކުރުމުގެ ތެރެއިން. ފޮޓޯ/ އުރީދޫ

4. އުރީދޫ ނޭޝަން: ވާރޗުއަލް ޔޫރޯ

”އުރީދޫ ނޭޝަން: ވާޗުއަލް ޔޫރޯ“ އަކީ 2 އޮން 2 ފީފާ ޕްލޭސްޓޭޝަން މުބާރާތާކެވެ. 30،000 ރުފިޔާގެ އިނާމު ޕޫލަކާއެކު ބާއްވާ މި މުބާރާތަކީ ވަރުގަދަ އަދި ވާދަވެރިކަމާއި އެކު ކުރިއަށްދާނެ މުބާރާތެކެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޔޫރޯ ފެށުމުގެ ކުރިންނެވެ.

އުރީދޫގެ ޔޫރޯ 2024 ގެ ހަރަކާތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ސަޕޯޓަރުންނަށް ޔޫރޯގެ ފޯރި އިތުރުކޮށް ފުޓުބޯޅައަށް ލޯބިކުރާ ގިނަ ކަސްޓާމަރުންގެ މެދުގައި ހަރަކާތްތަކެއް ރޭވުމުގެ ގޮތުން ގެނެސްދެވޭ ކަންތައްތަކެވެ. ޔޫރޯއާ ގުޅިގެން އުރީދޫއިން ތަޢާރަފުކުރާ ހަރަކާތްތަކުގެ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓާމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫގެ ފުޓްބޯޅަ ފޯރި ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގެ ތެރެއިން. ފޮޓޯ/ އުރީދޫ

އުރީދޫން ބުނީ، އެ ކުންފުނީގެ މަގްސަދަކީ މި ރީތި ކުޅިވަރުގެ ރޫހު ފާހަގަކުރަމުންދާއިރު، މި ޔޫރޯ ސީޒަނަކީ ހަގީގަތުގައި ވެސް ފާހަގަކޮށްލެވޭ ސީޒަނަކަށް ހެދުން ކަމަށެވެ.