ކަދުރަކީ ވަަރަށް ގިނަ ފައިދާތަކެއް އެކުލެވިގެންވާ މޭވާއެކެވެ.

Ads by Asuru

ކަދުރުގައި ހިމެނޭ އަސާސީ މާއްދާތަކުގެ ތެރޭގައި ހަކަތަ، ކާބޯހައިޑްރޭޓް، ޕްރޮޓީން، ފެޓް އަދި ފައިބަރ ހިމެނެއެވެ. ކަދުރުގައި ހިމެނޭ ވިޓަމިންތަކުގެ ތެރޭގައި ފޮލިކް އެސިޑް، ނިއެސިން، ޕެންތޮނިކް އެސިޑް، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ވިޓަމިން ކޭ ހިމެނެއެވެ.

ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން އިންސާނާ ސަލާމަތްކޮށްދިނުމުގެ އިތުރުން، ކަދުރަކީ ލޮލުގެ ދުޅަހެޔޮކަމާއި، ހިތުގެ ދުޅަހެޔޮކަމަށްވެސް ރަނގަޅު މޭވާއެކެވެ.

ކަދުރުގައި އެކުލެވިގެންވާ ހާއްސަ މާއްދާތަކުގެ ފައިދާ މާބަނޑު އަންހެނުންގެ އިތުރުން، ގާތުން ކިރުދޭ މައިންނަށްވެސް ލިބޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި މާބަނޑު މީހުން ކަދުރު ބޭނުންކުރުމަކީ ރަހިމުގެ މަސްތަކުގެ ބާރުގަދަކޮށްދޭ ކަމެކެވެ. މިއީ ( ރަހިމުގެ މަސްތައް ވަރުގަދަވުމަކީ) ވިހަން ކައިރިވުމުން ވަރަށް ބޭނުންތެރި ކަމެކެވެ.

އަދި ބުނެވޭގޮތުގައި ވިހެއުމުގައި ތެރޭގައި ރަހިމުގެ ދޮރު ފުޅާކުރުމުގައި ވެސް ކަދުރު ބޭނުންކުރުން އެހީއަކަށް ވެއެވެ.

އަދި ހަމަމިހެން ކަދުރު ބޭނުންކުރުމާއި، ވިހެއުމަށްފަހު އާދަޔާ ޚިލާފަށް ލޭބޭރުވުމާއި، ގުޅުމެއް ވާކަމަށް ވެސް ބުނެވެއެވެ. އެހެންކަމުން މިއީ މާބަނޑު މީހުންނަށް ފައިދާހުރި ކާނާއެއް ކަމުގައި ބެލެވެއެވެ.

އަދި ގާތުންދޭ ދުވަސްވަރު ކަދުރު ބޭނުންކުރުމަކީ އެކަމުގެ ސަބަބުން މައިމީހާގެ ގާތުން ދަރިފުޅަށް ފޯރުކޮށްދެވޭ ކިރުގައި ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވޭނެ ކަމެއް ކަމުގައި ބުނެވެއެވެ. އަދި މިދެންނެވި މާއްދާތަކުގެ ސަބަބުން ތުއްތު ދަރިފުޅު ބަލިތަކާއި ދުރުކޮށްދެއެވެ.