އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

Ads by Asuru

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން މިތަކެތި ނައްތައިލާފައިވަނީ ދޫނިދޫގައެވެ.

އެގޮތުން، އިއްޔެ ނައްތައިލާފައިވަނީ ޖުމްލަ 42 މައްސަލައެއްގައި ހިމެނޭ އެވިޑެންސްއެވެ.

މިތަކެތީގެ ތެރޭގައި ހިމެނެނީ 526 ފުޅި ބަނގުރާ، 20 ޕެޓް ފުޅި، 1005 ބިޔަރު ދަޅު އަދި އެހެނިހެން ތަކެތީގެ ގޮތުގައި ހިމެނޭ 10 އައިޓަމެވެ.

މި ތަކެއްޗަކީ ދައުވާ ނުކުރުމަށް ނިންމައި ފައިލުކޮށްފައިވާ މައްސަލަތަ ހިމެނޭ ތަކެއްޗެވެ.

އިންސިޑެންޓްތަކުން ނައްތައިލާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާއާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާއެވެ.