މިއަދު ހެނދުނު މާލޭގެ މައްޗަންގޮޅިގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Asuru
ސްޓެކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެސިޓީގެ މައްޗަންގޮޅި ދިލްބަހާރު މަގު، ބާމިޔާ ގޯޅި، ޗާންދަނީ މަގު އަދި އިސްކަންދަރު މަގު ހިމެނޭ ސަރަހައްދުން މިއަދު ހެނދުނު 09:30 ން 11:30 ށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭކަމުގައިވެސް ސްޓެލްކޯގެ ޕޯސްޓުގައި ބުނެފައިވެއެވެ.

ސްޓެލްކޯއިން ދަނީ މާލޭގެ ކަރަންޓު ވިޔުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބައިބަޔަށް ބަހާލައިގެން ކުރަމުންނެވެ.