ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނުގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

Ads by Asuru

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެގައި ބުނެފައިވަނީ އެކުންފުނީގެ އެޗްވީ ގްރިޑު ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ އަޕްގްރޭޑިންގ މަސައްކަތެއް ކުރުމަށް ހަމަޖެހިފައި ވާތީ މާދަމާ ހެނދުނު 06:00 އިން 06:30 އަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

ސްޓެލްކޯއިން ގެންދަނީ ގްރޭޓާ މާލޭ ސިޓީގެ ކަރަންޓު ނެޓްވޯކަށް އަޕްގްރޭޑްތައް ގެންނަމުންނެވެ.

މިގޮތުން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އެކި ދުވަސްދުވަހު މަސައްކަތްކުރާއިރު، ކަރަންޓު ކެނޑެއެވެ.