ރާއްޖޭގެ ދުވުމުގެ މައިދާން ކުލަގަދަ ކޮށްލާ މަޖާ މާހައުލެއް ފަހިކުރި، އުރީދޫ މޯލްޑިވްސްގެ ”ކަލަރ ރަން“ އްޕްގްރޭޑްކޮށް، އާ ކަންތައްތަކާއެކު އުރީދޫ ”ފަން ރަން“ އިއުލާންކޮށްފިއެވެ.

Ads by Asuru

އުރީދޫ ފަން ރަން އޮންނާނީ މިއަހަރުގެ ޑިސެމްބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އެކުންފުނިން ސޯޝަލް މީޑިއާގައި އުރީދޫން ޕޯސްޓްކުރި ކުލަގަދަ އަދި އެހާމެ ފޯރިގަދަ ވީޑިއޯއެއްގައި މި ހަރަކާތުގެ މަންޒަރުތަކުގެ އިތުރުން ފަން ރަންގެ މަޖާ ހަރަކާތްތައް ދައްކާލިއެވެ. އުރީދޫ ފަން ރަންއަކީ ރާއްޖޭގައި ބޭއްވޭ އެންމެ އުފާވެރި ރަން ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އުރީދޫގެ ސީއީއޯ، ހާލިދް އަލް ހަމާދީ ވިދާޅުވީ އެ ކުންފުނީގެ އާ ޓެގްލައިން ”އަޕްގްރޭޑް ޔޯ ވޯލްޑް“ އާއެކު، އުރީދޫގެ ޕްރޮޑަކްޓްތަކާއި، ޚިދުމަތްތަކާއި، އިވެންޓްތައް ވެސް އައު ހަރުފަތަކަށްގެންދިއުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު، މުޖުތަމައު އެއްވެގެން ބާއްވާ އިވެންޓްކާއި ދުރުގައި ގިނަ ދުވަސްތަކަކަށްފަހު، އުރީދޫ ކަލާ ރަން އަޕްގްރޭޑްކޮށް، އުރީދޫ ފަން ރަން އިޢުލާންކޮށް، ރީލޯންޗްކުރުމަކީ، އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އުރީދޫ ފަން ރަން ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ރަން އަށް، މި ރަންގައި އާއިލާ ތަކާއި އެކި އުމުރުފުރާތަކުގެ ރަހުމަތްތެރިންނަށް ވެސް ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ. ރާއްޖޭގެ ދުވުމުގެ މުޖުތަމަޢު ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ކުރިއަރާފައި، އަޅުގަނޑުމެންގެ އުއްމީދަކީ މި ބޭއްވޭ އެންމެ އުފާވެރި ދުވުމުގައި ބައިވެރިވެ އިތުރު މީހުން ދުވުންފަދަ ހަރަކާތްތަކަށް ޝައުޤުވެރިކަން އިތުރުވުން،“ ޚާލިދް އަލް ހަމާދީ ވިދާޅުވިއެވެ.

އެ ކުންފުނިން ބުނިގޮތުގައި އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއްގައި ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ފަން ރަން ގައި ބައިވެރިވުމަށް، އުރީދޫއިން ދައުވަތު އަރުވައެވެ. މި ދުވުމާއި ބެހޭ ގޮތުން އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ ޕޭޖުތަކުން ކުރިއަށް އޮތްތަނުގައި ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.