ޓޮމާޓޯގައި އެކުލެވިގެންވާ މުހިންމު މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ، ޕޮޓޭސިއަމް، ވިޓަމިން ކޭ-ވަން އަދި ފޮލޭޓް ހިމެނެއެވެ.

Ads by Asuru

އާއްމުކޮށް ޓޮމާޓޯ ކައި އުޅެނީ އެންމެ ގަޔާވާ ތަރުކާރީގެ ގޮތުގައެވެ. ޓޮމާޓޯގައި ލައިކޮޕީން އާއި ރެޑް އޯބްސް އެކުލެވެ އެވެ. މިއީ ކެންސަރުން ދިފާއުކޮށްދޭ މާއްދާތަކެކެވެ.

ޓޮމާޓޯގައި ވިޓަމިން އޭ އާއި ވިޓަމިން ކޭ ވަރަށް ގިނައިން ހުރެއެވެ. އެހެންކަމުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރަން ބޭނުން މީހުންނަށް ޓޮމާޓޯއަކީ ވަރަށް ރަނގަޅު ތަރުކާރީއެކެވެ.

ދިރާސާއަކުން ދައްކާ ގޮތުގައި ގަވާއިދުން ޓޮމާޓޯ ކެއުމަކީ ހިތުގެ ދުޅަހެޔޮކަން އިތުރު ކޮށްދީ، ހާޓް އެޓޭކާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމުން ދުރުކޮށްދޭ ކަމެކެެވެ.

ޓޮމާޓޯއަކީ ރާއްޖޭގައި ވެސް ވަރަށް އާންމުކޮށް ހައްދާ ބާވަތެކެވެ. އެހެންވެ މި ބާވަތުން ޖޫހާއި ސަޓަންޏާއި ސޫޕާއި އަދި އެ ނޫން ވެސް ގޮތްގޮތަށް ބޭނުން ކުރުމަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކަމަކަށް ވާނެ އެވެ.