މީހުން ދިރިއުޅޭ ރަށްރަށުގައި ސީޕްލޭންގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފިއެވެ.

Ads by Asuru

ރައްޔިތުން މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި  ޓްރާންސްޕޯޓް މިނިސްޓްރީގެ ޑިރެކްޓަރު ހުސެއިން ނަޒީރު ވިދާޅުވީ ނޭޝަނަލް ހާއްސަ ޕްލޭނެއްގެ ދަށުން މީހުން ދިރިއުޅޭ ރަށްރަށުގައި ސީޕްލޭގެ ހިދުމަށް ފެށުމަށް ނިންމާފައިވާ ކަމަށާއި ހިދުމަތް ދޭން ފެށުމަށް ތައްޔާރީތައް ވެދސް ވަމުން އަންނަ ކަމަށެވެ.

އެގޮތުން ސީޕްލޭންގެ ހިދުމަތް މި ވަގުތު އެންމެ މުހިންމު ރަށްތަކެއް ހިމެނޭކަން ފާހަގަކުރައްވައި އޭނާ ވަނީ މި ހިދުމަތް އެންމެ ފުރަތަމަ ފަށާނީ މ. މުއްޔާއި ހދ. މަކުނުދޫއަށް ކަމަށް ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ސީޕްލޭން ހިދުމަތަށް ބޭނުންވާނެ ޕްލެޓްފޯމް ނުވަތަ އޮގްޒިލަރީ ގާއިމުކުރާނެ ސަރަހައްދުތައް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

 ”ނޝަނަލް ސްޕެޝަލް ޕްލޭންގެ ދަށުން ކޮންމެ 30 ރޭޑިއަސްއެއްގައި ސީޕްލޭންގެ ހިދުމަތްތައް ގާއިމުކުރުމަށް ނިންމާފައި ވަނީ. އެއީ ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ މުހިންމު ކަމަކަށް ނުވާތީ.“

ނަޒީރު ވިދާޅުވީ ނޭޝަނަލް ސްޕެޝަލް ޕްލޭންގެ ދަށުން ދެކުނާއި އުތުރުގައި ފަސް ބައިނަލްއަގުވާމީ އެއާޕޯޓެއް ތަރައްގީކުރާނެ ޑޮމެސްޓިކް އެއާޕޯޓުތަކުން ދަތުރުފަތުރު ކުރުމުގެ ވަގުތު އަވަސްކުރުމަށް ވެސް އެ ޕްލޭނުގެ ދަށުން މަސައްކަތް ކުރެވޭނެ ކަމަށެވެ.