މ. ދިއްގަރު ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް، މި މަޝްރޫއު ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ)އިން ހާމަކޮށްފިއެވެ.

Ads by Asuru

އެމްޓީސީސީން ބުނެފައިވަނީ މ. ދިއްގަރު ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ.  އެގޮތުން ރިވެޓްމެންޓް ޖެހުމުގެ 63

އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 384 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުމުގެ މަސައްކަތް ހިމެނެއެވެ

ދިއްގަރު ބިން ހިއްކުމުގެ މަޝްރޫއަކީ 121.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.