އިންޑިއާ ސަރުކާރުން ރާއްޖެއަށް  އެންޓި ޓިއުބަކިއުލޮސިސް (ޓީބީ)  ބޭސް ހަދިޔާކޮށްފިއެވެ.

Ads by Asuru

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މި ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނޭ ކަމަށާއި، މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމްޑ.އާރް- ޓީބީ) ވެސް ހިމެނޭ ކަަމަށެވެ.

މި އެންޓި-ޓީބީ ބޭސްތައް ހަދިޔާ ކޮށްފަ އިވަނީ އިންޑިއާގެ ނެއިބާހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް(އެންޓީއީޕީ)ގެ ސްޓޮކް އިންނެވެ.

ޓިއުބަކިއުލޮސިސް (ޓީބީ) އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅު ވެވޭދަފަ ބައްޔެއް ކަމުގައި ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ އެއް ބައްޔެވެ.