އިދިކޮޅު މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އާ އިތުރު ބަޔަކު ގުޅިއްޖެއެވެ.

Ads by Asuru

”މަވެސް ޕީޕީއެމް“ މިނަމުގައި ރޭ، އެޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި، ޕީޕިއެމާ އަލަށް ގުޅުނު މެމްބަރުން ވަނީ، އެޕާޓީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމަށް މެމްބަރޝިޕް ފޯމުތައް ހަވާލު ކޮށްފައެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ، ގިނަ ބަޔަކު ޕީޕީއެމާ ގުޅުމަކީ ލިބޭ އުފަލެއް ކަމަށެވެ.

އެންމެ ޒިންމާދާރު ކަމާއެކުގައި، ގައުމަށްޓަކައި މަަސައްކަތް ކުރަނީ ޕީޕީއެމް ކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

”އެހެންކަމުން، އަޅުގަނޑުމެން މި ގޮވާލަނީ، ވީހާވެސް ގިނަ ބޭފުޅުން ކުރިއަށް އޮތް ތަނުގައިވެސް މި ޕާޓީއާ ގުޅިވަޑައިގަތުމަށް.“ ހީނާ ވިދާޅުވިއެވެ.