އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.

Ads by Asuru
އެ އެއާލައިންގެ ދަތުރުތައް މެދުކަނޑާލީ ކޮވިޑް 19 ގެ ހާލަތު ގޯސްވެ، މެލޭޝިއާގެ ބޯޑަރު ބަންދުކުރުމާ ގުޅިގެންނެވެ. އެއަށްފަހު މެލޭޝިއާގެ ބޯޑަރު އަލުން ހުޅުވައިލީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ.

އެގޮތުން އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށިކަން އިއުލާނުކޮށްފައިވާއިރު، އެ އެއާލައިންގެ ބޯޓެއް އިއްޔެ ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސާފަ އެވެ.

ތައިލެންޑުގެ ޑަންމުއާން އިންޓަނޭޝާނަލް އެއާޕޯޓުން ރާއްޖެ އަށް ފެށި މި ދަތުރުތަކުގައި ހަފްތާއަކު ދެ ފްލައިޓް އޮންނާނެ ކަމަށް ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެ އެވެ.
އެއާ އޭޝިއާ އަކީ ބަޖެޓު އެއާލައިނެއް ކަމުން ރާއްޖޭގެ ގެސްޓު ހައުސް ވިޔަފާރިއަށް މިކަމުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ.