ފ.ނިލަންދޫގެ އެކި ސަރަަހައްދުތަކުގައި ”އިންޑިއާ އައުޓް“ ދިދަތައް ދަަމައިފިއެވެ.

Ads by Asuru

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަރަކާތު ކޮމިޓީގެ ޗެއާ، އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ، ނިލަންދޫގެ އެކި ސަރަހައްދުތަކުގައި ”އިންޑިއާ އައުޓް“ ދިދަ ޖަހާފައިވާ ފޮޓޯތަކެއް ޓްވިޓަރގައި ހިއްސާ ކުރައްވައިފައެވެ.

އިދިކޮޅު ލީޑަރު، ރައީސް ޔާމީންވެސް ނިލަންދޫއަށް ވަޑައިގެން އެރަށުގައި ”އިންޑިއާ އައުޓް“ ރެލީއެއް ބާއްވަވާފައިވެެެއެވެ.

މާލޭގައިވެސް އެކި އިމާރާތްތަކުގެ ފާރުތަކުގައި ”އިންޑިއާ އައުޓް‘ ލިޔެ ސްޕްރޭ ކުރުމަކީ މިހާރު އާންމު ވަމުން އަންނަ ކަމެކެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބުމާއި، ދިވެހި ސަރުކާރުން އެގައުމާއެކު ސިއްރު އެއްބަސްވުންތައް ހަދާފައިވާ މައްސަލައިގައި ގިނަ ރައްޔިތުން ކަންބޮޑުވުންފާޅުކުރަމުން އަންނައިރު، ”އިންޑިއާ އައުޓް“ ކެމްޕެއިނަށް ތާއީދު ކުރާ މީހުން ދަނީ ގިނަވަމުންނެވެ. އެހެންވެ، މި ކެމްޕެއިން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއްވެސް ނެރުއްވައިފައެވެ.

ރައީސްގެ ގަރާރަށް ގޮންޖަހައި އިދިކޮޅުން ބުނެފައި ވަނީ އެއީ އަސާސީ ހައްގުތައް ހިފެހެއްޓުން ކަމަށެވެ. އެހެންކަމުން އެއީ ރައީސަށް ވެސް ކުރެއްވޭނެ ކަމެއް ނޫން ކަމަށް، ބުނެއެވެ. މައިގަނޑު ގޮތެއްގައި ފާހަގަކުރަނީ އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް އެޅުން ކަމަށެވެ.

ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ އެ ގާނޫނުގައި ބުނާ އެއްވެސް ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ގާނޫނުއަސާސީއާ ތައާރަޒު ނުވާ ގޮތަށް އެކުލަވާލާ ގާނޫނަކުން ކަމަށެވެ.