ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ފާރުގައި ”އިންޑިއާ އައުޓް“ ލިޔެފިއެވެ.

Ads by Asuru

ފެހި ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން ކެނެރީގޭ ފާރުގައި އިންޑިއާ އައުޓް ޖަހާފައިވީ ނަމަވެސް އެކަން ކުރި ބައެއް އަދި އެނގިފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ”އިންޑިއާ އައުޓް“ ކެމްޕޭނާ ދެކޮޅު ސަރުކާރުގެ އިސް ބޭފުޅުންގެ ގެކޮޅުގައި އިންޑިއާ އައުޓް ސްޕްރޭ ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ދިފާއޫ ވަޒީރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް މި އިބާރާތް ލިޔެފައިވެއެވެ.