100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއެކު، އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް މ. ދިއްގަރަށް  ތައާރަފްކޮށްފިއެވެ.

Ads by Asuru

އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެންވަރު ރަނގަޅު ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސުޕަނެޓްގެ ހިދުމަތް ދިއްގަރަށް ތައާރަފްކޮށްފައިވާ ކަމަށާއި، ދިއްގަރުގެ ރައްޔިތުންނަށް އެންމެ ހަލުވި ސްޕީޑުގެ އިންޓަނެޓް ޚިދުމަތް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ، އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑުމެން މިދަނީ ހިދުމަތްތައް އަޕްގްރޭޑް ކުރަމުން، އެގޮތުން ދާދި ފަހުން ހޯމް ބްރޯޑްބޭންޑް ޕެކޭޖްތަކަށް ގެނައި ބަދަލާއެކު ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލްއޯވާ ޚިދުމަތް ލިބިގެންދާނެ. ކުރިއަށްއޮތްް ތަނުގައިވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށްްްްދިނުމުގަަައި އަަޅުގަނޑުމެން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވަަން،“

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ.

މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ.