އިދިކޮޅު މައި ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)އާ އަލަށް ގުޅުނު އިތުރު 500 މެމްބަރުންގެ ފޯމު، އިލެކްޝަންސް ކޮމިޝަން(އީސީ)އާ ހަވާލުކޮށްފިއެވެ.
”މަވެސް ޕީޕީއެމް“ގެ ނަމުގައި ޕީޕީއެމަށް މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ފަހަކަށް އައިސް ގިނަ އަދަދެއްގެ ބަޔަކު ދަނީ އެޕާޓީއާ ގުޅެމުންނެވެ.
ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕާޓީއަށް ކިތަންމެ ވަރަކަށް މެމްބަރުން ވެއްދި ނަމަވެސް، އަނެއް ދުވަހު ކޮންމެވެސް އެހެން ޕާޓީއަކަށް ވަގަށް ވައްދާތީ ކަންބޮޑުވުންފާޅުކުރައްވައިފައެވެެ.
”3000 ހަމަ ކުރަނީވެސް ވަގަށް ފޯމު ފުރައިގެން، އެހެން ޕާޓީތަކުގެ ދަފްތަރުން ވައްކަން ކޮށްގެން.“
Kithamme varakah memebership form vedhdhias aneh dhuvahu onnaany kommeves ehen party akah vagah vadhdhaafa. 3000 hama kurany ves vagah form furaigen ehen party thakuge dhaftharun vakkan koggen. #DhashuNuvey #IndiaOut https://t.co/xrb6kcJeWW
— Heena Waleed 🇲🇻 (@HeenaWaleed) May 31, 2022
ޕީޕީއެމަށް މެމްބަރުން އިތުރުވަމުން އަންނައިރު، އެޕާޓީ އަކީ ގައުމީ ފިކުރުގެ ހަމައެކަނި ޕާޓީ ކަމަށް ޕާޓީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.