ކުނި ވަކިކޮށްފައި ބެހެއްޓުމަށް ބޭނުންވާ ސާމާނު ސަރުކާރުން ފޯރުކޮށްދޭން ޖެހޭނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން އަންގާފައިވާ ގޮތުން މިއަދުން ފެށިގެން ކުނި ނެރެން ޖެހޭނީ ވަކިކޮށްގެންނެވެ.

ކުނި ވަކިކޮށްގެން ނެރެން ޖެހެނީ، ރައްކާތެރި ގޮތެއްގައި ކުނި މެނޭޖްކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ވެމްކޯއިން ނިންމާފައިވާ ނިންމުމުގެ ދަށުންނެވެ.

އެ ކުންފުނިން ބުނީ މާލެ ސަރަހައްދުން އުކާލުމަށް ތައްޔާރުކުރާ ކުނި ވަކިކުރަން ޖެހޭނީ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ޒާތުގެ ކުނި، ޕްލާސްޓިކު ފުޅި ވަކިކޮށްގެން ކަމަށެވެ.

އަދި އެ ނޫން ބާވަތްތަކުގެ ކުނިތައް ވެސް އުކާލުމަށް ތައްޔާރުކުރަން ޖެހޭނީ ވަކިކޮށްގެން ކަމަށް ވެމްކޯއިން ބުންޏެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރީސައިކަލް ކުރުމާއި ތިމާވެށި ހިމާޔަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި އެހެންނަމަވެސް ރައްޔިތުންގެ މައްޗަށް ކަންކަން ލާޒިމު ކުރަންވާނީ ޕްލޭން ކުރުމަށްފަހުގައި ކަމަށެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައްޔިތުންނާއި ކަމެއް ކުރުމަށް ހަވާލުކުރާއިރު ރައްޔިތުންނަށް އުފުލޭވަރުގެ ބުރައެއް ހަވާލު ކުރުމަކީ މުހިއްމު ކަމެއް ކަމުގައެވެ.