ތުރުކީ ރީބްރޭންޑްކޮށް، ”ތުރުކިޔޭ“އަށް ނަން ބަދަލު ކުރި ކުރުން ޔުނައިޓެޑް ނޭޝަންސް(ޔޫއެން)އިން ބަލައިގެންފިއެވެ.

Ads by Asuru

މިއާއެކު ޔޫއެންގެ ހޯލުގައި ދެން ތުރުކީއަށް ކިޔާނީ އާ ނަމުންނެވެ. ތުރުކީގެ ނަން ބަދަލު ކުރުމުގެ ކެމްޕެއިން ފެށުނީ މިދިޔަ ޑިސެމްބަރުމަހުގައެވެ.

ތުރުކީގެ ނަން ބަދަލު ކުރުމާ ގުޅޭގޮތުން ޔޫއެންގެ ސްޕޯކްސްޕާސަން ސްޓެފޭން ޑުޖަރިކް ވިދާޅުވީ ގައުމަކަށް އެ ގައުމެއްގެ ނަން ބަދަލުކުރުމުގެ ބާރު އޮންނާނެ ކަމަށާއި، ތުރުކީގެ ނިންމުން ބަލައިގަންނަ ކަމަށެވެ.

ނަން ބަދަލުކުރުމާ ބެހޭ ގޮތުން ތުރުކީގެ ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަން ބަދަލުކުރުމަކީ ގައުމުގެ ލީޑަޝިޕްގެ މުހިންމު ނިންމުމެއް ކަމަށެެވެ.