ކައިވެންޏަކީ މުޅިން އާ ހަޔާތެއްގެ ފެށުމެވެ. ހިތް އެދޭ ބައިވެރިޔާއާއިއެކުގައި، ޒަވާޖީ ހަޔާތޭ މިކިޔާ ދިރިއުޅުން ފެށުމަށްޓަކައި، ކައިވެނީގެ ގޮށް ޖަހައިލަން އެހައި ބޮޑަށް ތައްޔާރު ވެވެނީ ވެސް މި އުފާވެރިކަން، ކުލަގަދަކޮށް ފާހަގަކޮށްލައި، ހަނދާންތައް އަބަދަށް ރައްކާ ކުރަން ބޭނުންވާތީއެވެ.

Ads by Asuru

ކައިވެނީގެ ވަގުތުގައި ނުވަތަ ކައިވެނީގެ ހަފްލާގައި ދެމަފިރިން ލާ ހެދުމަކީ ވެސް ހަމައެހައިމެ މުހިންމު އެއްޗެކެވެ. އެ ދުވަހު ރީތި ހެދުމެއްލައި، ރީތި ފޮޓޯތަކެއް ނެގުމަށް ކޮންމެ ދެމަފިރިއަކުވެސް އިސްކަން ދެއެވެ.

ކަމުދާ ވެޑިން ޑްރެސްއެއް ނުވަތަ ގްރޫމް ސޫޓެއް ހޯދުމަކީ އެހައި ފަސޭހަ ކަމަކަށް ނުވެއެވެ. ޕިންޓެރެސްޓް ހާވައިގެން، ގަޔާވާ ހެދުމެއް ފެނުނަސް، އެގޮތަށް ހެދުން ފަހާނެ މީހަކު ހޯދުމަކީ ވެސް ބޮލުގެ ރިހުމެކެވެ.

ތިޔަ ހާސްކަމުގެ ހައްލަކީ ބްލިސްފުލް ބްރައިޑްއެވެ. އަނބިމީހާ އާއި ފިރިމީހާގެ ވެސް ކައިވެނީގެ ހެދުން ފެހުމުގައި ބްލިސްފުލް ބްރައިޑްއަކީ 10 ‏‏އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބައެކެވެ.

2012 ވަނަ އަހަރުގައި އޮންލައިންކޮށް ފެށި މަސައްކަތް، ފުޅާ ކުރަމުން ގޮސް، 2015 ވަނަ އަހަރުގައި ޝޯ ރޫމެއް ހުޅުވިއިރު، އެތަނުގެ ވެރިފަރާތުން މަސައްކަތް ފެށީ ކޯހެއްވެސް ނުހަދައެވެ. ނަމަވެސް މަސައްކަތަށް ހުރި ޝައުގުވެރިކަމާއި ލޯތްބާއެކުގައި، މިއަދު ބްލިސްފުލް ބްރައިޑުން ކްލައިންޓުން އެދުނު ކޮންމެ ގޮތަކަށް ވެސް، ރާއްޖޭގެ މާކެޓަށް ބަލާއިރު، ރަނގަޅު އަގެއްގައި އެދަނީ ވެޑިން ޑްރެސް ފަހައިދެމުންނެވެ.

 

ބްލިސްފުލް ބްރައިޑްގެ މަސައްކަތް ދައްކުވައިދޭ ވެޑިން ޑްރެސް އަކާއި ގްރޫމް ސޫޓެއް

ބްލިސްފުލްބްރައިޑުން ބުނީ، ވަރަށް އަވަހަށް ހެދުން ފަހައިދޭން ޖެހިގެން ހަފްތާއެއް ވަރު ކުރިން، ކަސްޓަމަރުންނަށް ހެދުން ނިންމައި ދިނަަސް، ތިން މަސް ދުވަސް ކުރިން އޯޑަރު ދޭން ޖެހޭ ކަމަށެވެ. ކައިވެނީގެ ހެދުން ފެހުމަކީ އެހައިމެ ބުރަ އަދި ގިނަ ވަގުތު ހޭދަވާ ކަމަކަށްވާތީ، ކުރީބައިގައި އޯޑަރު ނަގަނީ ކޮލިޓީ ހިފެހެއްޓުމުގެ ގޮތުން ކަމަށް ވެސް އެތަނުން މައުލޫމާތުދެއެވެ.

 

ބްލިސްފުލް ބްރައިޑުން ފަހާފައިވާ ވެޑިން ޑްރެސްއެއް-

 

ބްލިސްފުލްބްރައިޑުން ހިދުމަތް ދެނީ މުޅި ރާާއްޖެއަށެވެ. ކޮންމެ މީހަކަށް މާލެ އައިސް ހެދުމުގެ މިން ނަގާކަށް ނުޖެހެއެވެ. ރަނގަޅަށް މިން ނަގައިގެން ފޮނުވުމުން، ހެދުމުގައި މައްސަލައެއް ނޫޅޭނެކަމުގެ ޔަގީންކަން ބްލިސްފުލް ބްރައިޑުން ދެއެވެ.

މިތަނުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް، މާލެއިން ހެދުން ޑެލިވަރ ކޮށްދެއެވެ. ކަސްޓަމަރުންނަށް ބްލިސްފުލް ބްރައިޑްއިން ދޭ ޔަގީން ކަމަކީ، ތިން ފެހުންތެރިންނާއިއެކުގައި ކުރާ މި މަސައްކަތް، ވަގުތަށް ނިންމައިދޭނެ ކަމުގެ ޔަގީންކަމެވެ. ކޮންމެ ހެދުމެއް ވެސް ވުޖޫދު ވަނީ، އެތަނުގެ އޯނަރުގެ ބެލުމުގެ ދަށުންނެވެ. ހެދުންތައް ޑިޒައިންކޮށް، ކަސްޓަމަރުން އެދޭ ގޮތަށް ނިންމޭކަން ޔަގީން ކުރަނީ ބްލިސްފުލް ބްރައިޑްގެ ބާނީގެ ގޮތުގައި މަސައްކަތް ކުރާ ހީވާގި ކަނބަލެކެވެ.

ބްލިސްފުލް ބްރައިޑްގެ ޝޯ ރޫމް ހުންނަނީ ގ.ސޯންފް، ގްރައުންޑް ފްލޯރ/ ބޮޑުރަސްގެފާނު މަގުގައެވެ. އެތަނުން އިންސްޓެންޓް ކޮށްވެސް ވެޑިން ޑްރެސް އާއި ގްރޫމް ސޫޓްގެ އިތުރުން، ޕާޓީ ހެދުން ވެސް ލިބެން ހުންނާނެއެވެ.

ބްލިސްފުލް ބްރައިޑްގެ މަސައްކަތްތައް، މި ޕޭޖުން ވެސް ބަލައިލެވޭނެއެވެ. އިތުރު މައުލޫމާތު ހޯދާލުމަށް 7880023 އަށް ގުޅައިލާށެވެ.