ގިނަ އަދަދެއްގެ މީހުންގެ އެދުމުގެ މަތިން، އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ލިމިޓެޑް ސްލޮޓުތަކާއެކު އިއްޔެ އަލުން ހުޅުވައިލައިފިއެވެ.

Ads by Asuru

 

 

އުރީދޫން ބުނީ، 5000 އަށްވުރެ ގިނަ ބައިވެރިން މި ދުވުމުގައި މިހާރު ވެސް ބައިވެރިވާނެ ކަމަށް ބެލެވޭ ކަމަށެވެ. ފަން ރަންގައި ބައިވެރިވުމަށް ޝައުގުވެރިވާ ދުވުންތެރިންނަށް މިހާރު މޫލީ މެދުވެރިކޮށް ބޭނުންވާ ފަން ރަން ކިޓަށް އޯޑަރު ކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ލިބެން ހުންނާނެއެވެ.

އެގޮތުން 100 ރުފިޔާގެ ސްޓޭންޑަޑް ކިޓްތަކުގައި ފަން ރަން ޓީޝާޓާއި ރިސްޓް ބޭންޑް ހިމެނެއެވެ. 200 ރުފިޔާގެ ފަން ކިޓްތަކުގެ ތެރޭގައި ފަން ރަން ޓީޝާޓަކާއި ރިސްޓް ބޭންޑާއި ފޮތި ކޮތަޅާއި ލޮލުގައި އަޅާ ގޮގްލްސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގައި ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.

6 އަހަރުން މަތީގެ ހުރިހައި ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެކެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭ ހަރަކާތެއް ކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން ޖަހައި އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެއެވެ.