ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އުރީދޫ ގްރޫޕްގެ ސީނިއަރ މެނޭޖްމަންޓާއި ބައްދަލުކުރައްވައިފިއެވެ.

Ads by Asuru

ރައީސް އޮފީހުން ވިދާޅުވީ، މި ބައްދަލުކުރެއްވުމުގައި، އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީ.އީ.އޯ، މުޙައްމަދު ބިން ޢަބްދުﷲ އަލް ޘާނީ އާއި، އުރީދޫ ގްރޫޕްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެލެއްވި ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އުރީދޫގެ ރާއްޖޭގެ ބްރާންޗުގެ އިސް ބޭފުޅުން ވެސް ބައިވެރިވެލެއްވިއެވެ. ރައީސް މުޢިއްޒު ވަނީ އުރީދޫ އިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ޚާއްޞަ މުވާސަލާތީ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު ދަންނަވައިފައެވެ.

 

 

ރައީސް މުޢިއްޒު އާއި އުރީދޫގެ ޑެޕިއުޓީ ގްރޫޕް ސީއީއޯ ވަނީ ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ޝެއިޚް މުޙައްމަދު ބިން ޢަބްދުﷲ އަލް ޘާނީ ވަނީ، އުރީދޫ ގްރޫޕުން، ސީއެސްއާރްގެ ދަށުން ރާއްޖޭގައި ކުރަމުން ގެންދާ މުހިންމު މަސައްކަތްތައް، މި ބައްދަލުވުމުގައި ފާހަގަކުރައްވައިފައެވެ.

އަދި ދެ ފަރާތުން ވެސް ވަނީ ރާއްޖޭގެ ޑިޖިޓަލް ޚިދުމަތް އިތުރަށް ކުރިއެރުވުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެކަމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ.