ކައިވެނީގެ ހަފްލާތަކަކީ މިހާރު ވަރަށް ކުލަގަދަ، އަދި އެހައިމި މީރު ރަހަތަކާއިއެކު ކުރިއަށް ގެންދާ އުފާވެރި ހަފްލާތަކަކަށް ވަނީ ވެފައެވެ. ރީތި ފުރިހަމަ ވެޑިން ކޭކަކާއި ނުލައި ކައިވެނީގެ ވަލީމާއެއް ފުރިހަމައެއް ނުވެއެވެ.

Ads by Asuru

ނަލަ ނަލަ ކައިވެނީގެ ހެދުމެއް ހޯދަން އިސްކަންދޭ ބީދައިން، ވަލީމާގައި ރައްޓެހިންނާއި ގާާތް މީހުން ކައިވެނީގެ އުފަލުގައި ބައިވެރިކުރުވުމަށް ރީތި، އަދި މީރު ކޭކެއް ހިއްސާ ކުރުމަކީ ވެސް މުހިންމު ކަމަކަށް ވަނީ ވެފައެވެ.

ތިބާ ބޭނުންވާ ކޮލިޓީގައި ވެޑިން ކޭކެއް އަޅާދޭނެ ފަރާތެއް ހޯދަނީ ހެއްޔެވެ؟ އަވަހަށް ޒައީ ކޭކް އެންޑް ކަލެކްޝަންއަށް ގުޅާލާށެވެ. އެ ޕޭޖުން ތަފާތު އެކި ޑިޒައިންތަކުގެ، ރީތި ވެޑިން ކޭކު ފެންނަން ހުރިއިރު، ތިޔަ ބޭނުންވެގެން އުޅޭ ކޭކު ވެސް، ބޭނުންވާ ފެންވަރުގައި އަޅައިދޭނެކަން ޔަޤީނެވެ.

ޒައީ ކޭކް އެންޑް ކަލެކްޝަންގެ ކޭކެއް

ޒައީ ކޭކް އެންޑް ކަލެކްޝަނުން ވެޑިން ކޭކުގެ އިތުރުން، ޑިޒާޓް ޓޭބަލް، ކަޕް ކޭކް ބުކޭ ވެސް ހަދައިދެއެވެ. ކައިވެނި ކުރާ ފަރާތްތަކަށް މި ދޭ ޚިދުމަތުގެ އަގު ވެސް، މި ޚިދުމަތް ފޯރުކޮށްދޭ އެހެން ވިޔަފާރިތަކާ އަޅާބަލާއިރު ކުޑަ ވާނެ ކަމަށް ޒައީ ކޭކް އެންޑް ކަލެކްޝަނުން ބުނެއެވެ.

ޒައީ ކޭކް އެންޑް ކަލެކްޝަންގެ ކަޕް ކޭކް ބުކޭއެއް

މި ކުޑަ ވިޔަފާރީގެ ފަހަތުގައި ހުރީ، ވަރަށް ހީވާގި، ހަތަރު ކުދިންގެ މަންމަ، އައިމިނަތު ޒައީމާއެވެ.

އޭނާ ބުނީ ކޭކު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށީ އޯޑަރުކޮށްގެން ގެނައުން ނޫން ގޮތެއް ހޯދުމަށް ކަމަށެވެ. އެގޮތުން ކޯހެއް ހަދައިގެން މި ފަންނު އުނގެނި، ފެށި މަސައްކަތް ކުރިއަށް ގޮސް، ގޭގައި އިނދެގެން ދަރިން ބަލަމުން ވެސް އާމްދަނީ ހޯދޭނެ މަގަކަށް ވާތީ، ވިޔަފާރިއެއް ގޮތަށް ފެށީ ކަމަށް ބުންޏެވެ. މިކަމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ފިރިމީހާގެ ފަރާތުންނެވެ.

ޒައީގެ މަސައްކަތެއް

ޒައީ ބުނީ، އޭނާ އަޅާ ކޭކުތައް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ފޮނުވައިދެވޭނެ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ އޯޑަރުތައް ބޯޓާއި ހަމައަށް ހިލޭ ގެންގޮސްދޭނެއެވެ.

މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ވަގުތު ބޭނުންވާތީ، ދެ ދުވަސް ކުރިން އޯޑަރު ދިނުމަށް ޒައީ އެދެއެވެ. އަދި ޝުގަރ ފްލާވަރ ކޭކެއް ނަމަ، އެއަށްވުރެ ވެސް ކުރިން އޯޑަރު ދޭން ވާނެ ކަމަށް އޭނާ ބުނެއެވެ.

ޒައީ އަޅައިދެނީ ހަމައެކަނި ވެޑިން ކޭކެއް ނޫނެވެ. ގްރެޖުއޭޝަނާއި، ރަން ކިޔުމާއި، ޢީދު ފާހަަގަ ކުރުން ފަދަ މުނާސަބަތުތަކަށް ވެސް އޭނާ ކޭކު އަޅައިދެއެވެ.

ޒައީގެ ކޭކު އޯޑަރު ކޮށްލުމަށް އެ ޕޭޖަށް މެސެޖު ކޮށްލާށެވެ. ނުވަތަ 7710015އަށް ގުޅާލައިގެން ވެސް އޯޑަރު ދެވޭނެއެވެ.