އުރީދޫ 2024 ގެ ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުޞަތާއެކު ހިލޭ ޤަތަރު ދަތުރު ލިބޭ ލަކީޑްރޯގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން  އިޢުލާނުކޮށްފިއެވެ.

Ads by Asuru

އުރީދޫ މޯލްޑިވްސް އިން އިއްޔެ ވަނީ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ދެ ކަސްޓަމަރުން ކަމަށްވާ ސަމަދު އަފީފް ޢަބްދުالله އާއި މުޙައްމަދު އަހުމަދަށް މަރުހަބާ ކިޔާފައެވެ.

ލަކީޑްރޯއަކީ ޞިއްޙަތާއި ފިޓްނަސް ކުރިއެރުވުމަށާއި މުޖުތަމަޢު އާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެކެވެ.

ސަމަދު އަފީފް ޢަބްދުالله އާއި މުޙައްމަދު އަޙުމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިންނެވެ.

އުރީދޫގެ ލަކީޑްރޯގެ ޝަރުޠުތަކަކީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ޞައްޙަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެއެވެ.

.