ރަމަޟާން މަސް ފެށެން ކުޑަތަން ވެއްޖެއެވެ. މި މާތް މައްސަރުގައި، ފާއިތުވެދިޔަ މަސްތަކެކޭ އެއްފަދައިން، ދަރީން ރޯދަ ހިފުމަށާއި، ދީނުގައި އަންގަވާފައިވާ އެހެން އަޅުކަންތަކަށް އަހުލުވެރި ކުރުވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިންމެވެ.

Ads by Asuru

ބަނާތު އެމްވީއިން މި ފަހަރު ވެސް، ކުޑަކުދީންނަށް ޚާއްޞަ ހަދިޔާއެއް މިވަނީ ވިއްކަން ފަށާފައެވެ. ބަނާތުގެ ކުޑަކުޑަ ރޯދަވެރިޔާ ފޮށި، މިއީ ތިބާގެ ކުޑަ ދަރިފުޅަށް ވަރަށް ބޭނުންތެރި ހަދިޔާއަކަށް ވާނެއެވެ.

 

ބަނާތުގެ ހަދިޔާ ފޮށީގައި އެކްޓިވިޓީ ފޮތަކާއި، ސްޓިކާއާއިއެކު ލިބޭ ކަލަންޑަރަކާއި، ކޮއިން ބޮކްސް ޓެމްޕްލޭޓަކާއި، ރޯދަ ހިފުމުން ދޭނެ ބެޖާއި، ޕެއިންޓާއިއެކު ލަކުޑިން ހަދާފައިވާ މިސްކިތެއް ވެސް ހިމެނޭނެއެވެ.

މި ހަދިޔާ ފޮށީގައިވާ މަސައްކަތުން ފޮތުން، ކުދީންނަށް ގިނަ ފިލާވަޅުތަކެއް ދަސްވާނެއެވެ. މި ފޮތުގައި އިސްލާމްދީނުގެ ރުކުންތަކާއި، ހިޖުރީ ގޮތުން ރަމަޟާން މަހަކީ ކިތައްވަނަ މަސްކަމާއި، ރޯދަ މަސް ފެށުނުކަން އިނގެނީ ކިހިނެއް ކަމާއި، އެ މަހުގެ މާތްކަމާއި، ރޯދަ ހިފަނީ ކީއްވެ ކަމާއި، ރޯދަ ހިފުމަކީ ކޮބައިކަމާއި، ފިޠުރު ޒަކާތާއި، 6 ހަދީޘް ހިތުދަސްކުރުން ހިމެނެއެވެ. ހަދީޘް ދަސްކުރުމުން، ކޮންމެ ހަދީޘްއަކަށްދޭނެ ސްޓިކަރ ބެޖެއް ވެސް ހިމެނޭނެއެވެ.

ބަނާތުން ބުނީ، އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ މި ފޮތުން އިތުރު ކަންކަން ވެސް ދަސްވެގެންދާނެ ކަމަށެވެ.

ކުޑަކުޑަ ރޯދަވެރިޔާ ހަދިޔާ ފޮށީގެ އަގަކީ ހަމަ އެންމެ 275 ރުފިޔާއެވެ.

މި ހަދިޔާ ފޮއްޓަށް އޯޑަރު ކޮށްލުމަށް ބަނާތުގެ ޕޭޖަށް މެސެޖުކޮށްލާށެވެ. ހިލޭ ޑެލިވަރ ކޮށްދޭނެއެވެ.