ޒަމާނަށް އައިސްފައިވާ ބަދަލުތަކާއިއެކުގައި، ހަދިޔާ ދިނުމުގެ ވައްޓަފާޅިއަށް ވެސް މިވަނީ ބަދަލުތައް އައިސްފައެވެ.

Ads by Asuru

ގާތް މީހަކަށް ނުވަތަ ލޯބިވާ މީހަކަށް ޚާއްޞަ ދުވަހަކާ ގުޅިގެން ހަދިޔާއެއް ދޭއިރު، ކަމުދާނެ ފަދަ ހަދިޔާއެއް ދިނުމަކީ ކޮންމެ މީހަކު ވެސް ސަމާލުކަން ދޭނެ ކަމެއްކަން ޔަޤީނެވެ. ޒަމާނަށް ފެތޭ، ހަދިޔާ ލިބިގަންނަ މީހާއަށް ހިނިތުންވުން ގެނުވާނެ އެއްޗެއް ދިނުމަށްވެސް އެދެވޭނެ ނޫން ހެއްޔެވެ؟

ލޯބިވާ އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް، މަންމައަށް ނުވަތަ ގާތް ކޮންމެވެސް އެކުވެރިއަކަށް ކަމުގައި ވިޔަސް، ރަނގަޅު ހަދިޔާއެއް ދޭން ބޭނުންވާނަމަ، ގިފްޓް ކްރިއޭޓިވް ހައުސްގެ އެހީ ހޯދާލުން ރަނގަޅުވާނެއެވެ. މިއީ އައު ވިޔަފާރިއެއް ކަމުގައި ވިޔަސް، ހަމަ ޔަޤީނުން ވެސް ތިބާ މާޔޫސްކޮށްނުލާނެ ޚިދުމަތެއް ދޭނެ ފަރާތަކަށް ވާނެއެވެ.

ގިފްޓް ކްރިއޭޓިވް ހައުސްއަކީ، އެކި މުނާޞަބަތުތަކަށް ޚާއްޞަކޮށް ކަސްޓަމައިޒްޑް ގިފްޓާއި، ކަސްޓަމައިޒް ބުކޭ ހަދައިދޭ ގިފްޓް ޝޮޕެކެވެ.

 

ގިފްޓް ކްރިއޭޓިވް މާކެޓްގެ ހަދިޔާއެއް

ޚިދުމަތް ތަފާތު ވަނީ ކިހިނެއް؟

ގިފްޓް ކްރިއޭޓިވް ހައުސް އިން ބުނީ ކޮންމެ ކަސްޓަމަރަކަށް ވެސް، އެތަނުން ޚާއްޞަ ސަމާލުކަމެއް ދޭ ކަމަށެވެ. ބޭނުމަކީ ކޮންމެ ކްލައިންޓަކަށް ވެސް، އެމީހަކު އެދޭނެ ފަދަ ތަފާތު ހަދިޔާއެއް ދިނުމެވެ. އެގޮތުން ފަހުގެ ޓްރެންޑުތައް ކޮޕީ ކުރުމުގެ ބަދަލުގައި، ކޮންމެ ކަސްޓަމަރަކަށް ވެސް ވަކި ޚާއްޞަ ގޮތަކަށް ހަދިޔާ ޑިޒައިން ކުރަން އިސްކަންދޭ ކަމަށް ގިފްޓް ކްރިއޭޓިވް ހައުސް އިން ބުނެއެވެ.

 

”ކޮންމެ ކަސްޓަރަކަށް ވެސް މިތަނުން ތައްޔާރު ކުރަނީ ޚާއްޞަ ހަދިޔާއެއް.“

މީގެ އިތުރުން، ގިފްޓް ކްރިއޭޓިވް ހައުސް އިން ކޮންމެ ގިފްޓަކާއިއެކު، ހިލޭ ގްރީޓިން ކާޑެއް ވެސް ހޯދޭނެއެވެ.

ގިފްޓް ކްރިއޭޓިވް މާކެޓްގެ ހަދިޔާއެއް

ތަފާތު ވަނީ ކިހިނެއް؟

ކްލައިންޓުންނަށް ތަފާތު ޚިދުމަތެއް ދިނުމަށް ގިފްޓް ކްރިއޭޓިވް ހައުސް އިން، އަބަދުވެސް އިސްކަން ދެއެވެ. އަމާޒަކީ ވެސް ކޮންމެ ކްލައިންޓަކަށް ”ޔުނީކް“ އަދި އަބަދުވެސް ހަނދާނުގައި ހަރުލާފައި ހުންނަ ޚިދުމަތެއް ދިނުމެވެ. އެތަނުން ވަނީ ކައިވެނީގެ އަހަރީ ދުވަހާ ގުޅިގެން، ފިރިއަކު އޭނާގެ އަނބިމީހާއަށް ސަޕްރައިޒެއް ދިނުމަށް، “ޕްރޭންކް ގިފްޓް“ އެއްވެސް ތައްޔާރު ކޮށްދީފައެވެ.

މީގެ އިތުރުން، ޚާއްޞަ މީހަކަށް ހަދިޔާ ދިނުމުގެ ހުރިހާ ކަމެއް ވެސް، ކްރިއޭޓިވް ހައުސް އިން ވަރަށް ލޯތްބާއިއެކު ކޮށްދެއެވެ. މަޤްޞަދަކީ ހަދިޔާ ހުޅުވާ މީހާގެ މޫނުމަތިން ފެންނަ އުފާވެރިކަން އިތުރު ކޮށްދިނުމެވެ.

ގިފްޓް ކްރިއޭޓިވް މާކެޓްގެ ހަދިޔާއެއް

ީ

ގިފްޓް ކްރިއޭޓިވް ހައުސްގެ ޚިދުމަތްތަކާމެދު ކަސްޓަމަރުން ދެކެނީ ކިހިނެއް؟

ގިފްޓް ކްރިއޭޓިވް ހައުސް އިން ވަނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ކަސްޓަމަރުންގެ ލޯބި ހޯދާފައެވެ. ކަސްޓަމަރުންނަށް ކްރިއޭޓިވް ހައުސްގެ އުފެއްދުންތެރި ޑިޒައިން އައިޑިއާތައް ވަރަށް ކަމުދެއެވެ.

ގިފްޓް ކްރިއޭޓިވް ހައުސްގެ ފޭސްބުކް ޕޭޖާއި، އިންސްޓެގްރާމް ޕޭޖުން އެ ތަނުން ތައްޔާރު ކުރާ އިތުރު ގިފްޓްތައް ބަލާލެވޭނެއެވެ. 7827532 އަށް ގުޅާލައިގެން، ތިބާ ބޭނުންވާ މީހަކަށް ހަދިޔާ ތައްޔާރުކޮށްލެވިދާނެއެވެ.