އުރީދޫ މޯލްޑިވްސްގެ ޕްރިމިއަމް ޕާޓްނަރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި ގުޅިގެން ބޭއްވުނު ހާއްސަ ލަކީޑްރޯއެއް މިއަދު ފަށައިފިއެވެ.

Ads by Asuru

މި ހާއްސަ ލަކީޑްރޯއަކީ 18 އޮކްޓޯބަރުން ފެށިގެން 31 ޑިސެމްބަރު 2023 އާއި ދޭތެރޭ އުރީދޫ ގެ މޮބައިލް އަދި ބްރޯޑްބޭންޑް ޕްލޭން އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށާއި، އުރީދޫ ނެޓްވޯކާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ލަކީ ޑްރޯއެކެވެ.

މިލަކީ ޑްރޯގެ ނަސީބުވެރިފަރާތަކަށް ހޮވުނީ އުރީދޫގެ ސުޕަރނެޓު ކަސްޓަމަރ އަރުޝަދު އަބްދުލްހަކީމެވެ. ނަސީބުވެރިޔާ ހޮވިފައިވަނީ މި މަހުގެ ފުރަތަމަ ދުވަހުގައި ދެއްކި ”ހޭޔަންބޯ“ ޕްރޮގްރާމުގައެވެ.

ޕެރިހަށް ދާ ދަތުރުގެ ނަސީބުވެރި ފަރާތަށް ޕެރިހަށް ދިއުމުގެ ދެކޮޅު ޓިކެޓާއި، 2 ރެއާއި 3 ދުވަހަށް ފުލް ބޯޑާއި އެކު އެކޮމޮޑޭޝަން ގެ އިތުރުން ޕާކް ޑި ޕްރިންސެސް ސްޓޭޑިއަމް ގެ އުރީދޫ ވީއައިޕީ ލައުންޖުން 21 އޭޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެސްޖީ އާއި ލިޔޯން މެޗް ބެލުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދުން ބުނެއެވެ.

ޕެރިހުގައި ޕީއެސްޖީ އާއި ލިޔޯން މެޗް ލައިވްކޮށް ބަލާލުމުގެ ނަސީބުވެރިޔަކަށް ވުމުގެ ފުރުސަތު ކުރިއަށް ގެންދިޔައީ އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ހުޅުވާލައިގެންނެވެ. ސުޕަރނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބަރ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރެއްވި ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ކުރެވުނެވެ. މި ޕްރޮމޯޝަން ކުރިއަށް ދިޔަ މުއްދަތުގައި އުރީދޫ މޯލްޑިވްސް އާ އަލަށް ގުޅިވަޑައިގެންނެވި ކޮންމެ ކަސްޓަމަރަކަށްވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެއެވެ.

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ. މި ޕަރޓްނަރޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް އުރީދޫން ބުނެއެވެ.