ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އެކި ދުވަސް މަތިން، ޖިންސީ ގޯނާ ކުރި މައްސަލައިގައި އޭނާއާ ދެކޮޅަށް، އޭނާގެ ވަހުޝީ އަނިޔާގެ ޝިކާރައަކަށްވި އަންހެނުން ދިން ބައެއް ބަޔާންތައް ލީކުވެ، އަލީ ވަހީދާއި އެމްޑީޕީއަށް އެތައް ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

Ads by Asuru

އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތައް ކުރިއަަށް ނުގެންދަން ނިންމީ އެ މައްސަަލަތައް ސާބިތުކުރަން ކުރަން ހުށަހަޅާފައިވާ ހެކިތަކުން އެ މައްސަލަތައް  ސާބިތުވާނެ ކަމަށް ޕީޖީއަށް ގަބޫލުނުކުރެއްވޭތީ ކަމަށް ބުނެއެވެ.

ދައުލަތުން މިމައްސަލަތައް އަނބުރާ ގެންދިޔައީ މިދިޔަ އަހަރުގެ ޖޫންމަހުގެ ހަވަނަ ދުވަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައެވެ.

އަލީ ވަހީދަށް އޭރު އުފުލާފައިވާ ދައުވާތައް

  • ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ
  • ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ

އަލީ ވަހީދު ރާއްޖެއިން ފުރާ ވަޑައިގަތީ 10 އެވެ. އޭނާ ރާއްޖެ ދޫކޮށް ފިލީ ޖިންސީ ގޯނާގެ ދައުވާ އުފުލިފައި، ޕާސްޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ބާތިލު ކުރުމާއިއެކުއެވެ.

މި މައްސަލައިގައި ސޯލިހު ކީރިތި ވެސް ކުރެއްވި

އަލީ ވަހީދުގެ މަގާމުން ވަކި ކުރެވުނީ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާތަކެއް ލިބުނު މައްސަލައެއް ހުށައެޅުމުން އެކަމާއި ގުޅިގެންނެވެ.

މި މައްސަލައިގެ ހިމެނޭ އަންހެނުންގެ ވާހަކަތައް އައްސަވައި، އޭރުގެ ރައީީސް ސޯލިހު ކީރިތިވެސް ކުރެއްވި ކަމަށް ވެއެވެ. ނަމަވެސް ފަހުން އެމަނިކުފާނު އެކަން ހަނދުމަނެތި، އަލީ ވަހީދަށް އަލުން އެމްޑީޕީން ހޫނު މަރުހަބާއެއް ކިޔައި، ކުޅުދުއްފުށި ދެކުނު ދާއިރާގެ ޓިކެޓުވެސް ދީފައެވެ.

ލީކުވި ބަޔާންތަކުގައި، ހިތްފަޅައިގެންދާވަރުގެ ވާހަކަތައް 

އަލީ ވަހީދުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ބަޔާާންތައް ސޯޝަލް މީޑިއާގައި ލީކުވީއިރު، އޭގައި ހުރީ އަހާލަން ނުވަތަ ކިޔާލަން ވެސް ފަސޭހަވާނެ ފަދަ ވާހަކަތަކެއް ނޫނެވެ.

އެއް މުވައްޒަފަކު ދެ ފަހަރަށް ރޭޕް ކުރި ކަމަށް ބުނެފައިވާއިރު، ރޭޭޕް ކުރަން އުޅެނިކޮށް ކިރިޔާ ސަލާމަތްވި ޒުވާނަކު ވެސް ހިމެނެއެވެ. ސަލާމަތްވި ފަހުން ވެސް ”ނުވެ ހުރި ކަންތައް ކުރަން ބޭނުންވާ“ ކަމަށް ބުނެ އަލި ވަނީ އެ އަންހެން ކުއްޖާއަށް އުނދަގޫ ކޮށްފައެވެ.

މި ނޫހުގައި ޖިންސީ ގޯނާގެ ޝިކާރައަކަކްވި ޒުވާނުންނަށް ލިބުނު އަނިޔާގެ ވާހަކަތައް އިތުރަށް ޝާއިއު ނުކުރާނަމެވެ.

އަލީ ވަހީދު ވިދާޅުވަނީ ނަޔާ ކުޅުދުއްފުޓެއްގެ ވާހަކަ

މައްސަލައިން ރެކި، މިއަދު މިނިވަންކަމުގައި ކެމްޕެއިންގައި އުޅުއްވަމުން ގެންދަވާ އަލީ ވަހީދު ވިދާޅުވަނީ އޭނާ ސިޔާސީ ގޮތުން ކާޅަށް ކޮށާ ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.

”ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާއާ ލަކުނު އަދި ނުފިލާ.
އިރާދަފުޅުން ނަޔާ ކުޅުދުއްފުއްޓެއް ކާމިޔާބު ކުރާނީ ނުހަނު ލޯތްބާއެކު.
ތިކަން ތި ކުރަނީ ކާކު ކީއްވެކަން އިނގޭ!“ އަލީ ވަހީދު އެކްސްގައި ވިދާޅުވިއެވެ.

އަލީ ވަހީދަށް ކުރާ ދައުވާތައް ޕީޖީ އޮފީހުން އެކި ސަބަބު ދައްކައި، އަނބުރާ ގެންގޮސްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ކޮލިލުމުގެ ރަސްމިއްޔާތަށް މިދިޔަ އަހަރު އިނގިރޭސިވިލާތަށް ވަޑައިގެން އަލީ ވަހީދާ ބައްދަލުކުރައްވައި، އޭނާގެ މައްޗަށް ކުރެވޭ ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން ފިޔަވަޅެއް ސަރުކާރުން ދެން ނާޅާނެކަމުގެ ޔަގީންކަން ދެއްވި ކަމަށް ބައެއް މީޑިއާތަކުން އޭރު ރިޕޯޓު ކުރިކަން ފާހަގަކޮށްލެވެއެވެ.