އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފިއެވެ.

Ads by Asuru

އެކުންފުނިން ތެލުގެ އަގަށް ހެޔޮ ބަދަލެއް ގެނެސްފައިވާއިރު،  ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ.

މިއާއިއެކު ފިއުލް ސަޕްލައި މޯލްޑިވްސް(އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ހޯމަ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 13.98 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 13.92ރުފިޔާ އަށެވެ.

އެ ކުންފުނިން ބުނީ ފެޓްރޯލާ ޑީސެލްގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގުހެޔޮ ވެފައިވާތީ ކަމަށެވެ.

އެސްޓީއޯއިން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށެވެ.