މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ކަނބަލުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މިއީ ”ފަށުވި ފޭރާން“ގެ ކަސްޓަމަރުންނަށްޓަކައި ހާއްސަ ޕްރޮމޯޝަނެއްގެ ވާހަކައެވެ.

Ads by Asuru

ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ފަށުވި ފޭރާމުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކާއިއެކު، ކޫޕަނެއް ލިބި، ބޮޑު އީދު ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.

ފަށުވި ފޭރާންގެ އަބާޔާއެއް

ޕްރޮމޯޝަނުގެ ބައިވެރިންނަށް އޮތީ ކޮން އިނާމެއް؟

މި ޕްރޮމޯޝަނުގެ ބައިވެރިންގެ މެދުގައި، އެއްވަނަ، ދެވަނަ، އަދި ތިން ވަނަ ހޮވުމަށް ހަމަޖެހިފައިވެއެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް ލިބެނީ 5،000 ރ.ގެ ގިފްޓު ވައުޗަރެވެ. ދެ ވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް 3،000ރ.ގެ ގިފްޓު ވައުޗަރެއް ލިބޭއިރު، ތިން ވަނަ ނަސީބުވެރިޔާ އަށް 2،000ރ.ގެ ގިފްޓު ވައުޗަރެއް ލިބޭނެއެވެ.

މި ގިފްޓު ވައުޗަރުތައް ބޭނުންކޮށްގެން، ފަށުވި ފޭރާމުން އަބާޔާ، އަތް ދަބަސް އަދި ސެންޓު ވެސް ގަނެލެވޭނެއެވެ.

ފަށުވި ފޭރާން ހާއްސަ ވަނީ ކީއްވެ؟ 

ކޮންމެ މަހަކު ވެސް ފަށުވި ފޭރާމުން ޕްރީ-އޯޑަރަށް ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަބާޔާ ގެނެސްދެއެވެ. ތަފާތު ވައްތަރުގެ ފޮތިން، އެކި ޑިޒައިންތަކަށް، ކަސްޓަމަރުން ބުނާ ސައިޒެއްގައެވެ. ކާޑިގަން އަބާޔާ، ސިމްޕަލް އަބާޔާ، އެމްބްރޮއިޑެރީ އަބާޔާ، ބީޑެޑް، އޮފިޝަލް އަދި ކުޑަކުދިންގެ އަބާޔާ ވެސް ހުންނާނެއެވެ.

ފަށުވި ފޭރާންގެ އަބާޔާއެއް

މީސްމީޑިއާ ޕްލެޓްފޯމްތައް ކަމުގައިވާ އިންސްޓެގްރާމް، ފޭސްބުކް އަދި ޓިކްޓޮކްގައި ވެސް ފަށުވި ފޭރާންގެ އަބާޔާ ޑިޒައިންތައް ފެންނަން ހުންނާނެއެވެ.

ފަށުވި ފޭރާންގެ އަބާޔާއެއް

ކަސްޓަމަރުންގެ ހިޔާލު

ވިޔަފާރިއެއްގެ ކުރިއެރުމުގެ ސިއްރަކީ ކަސްޓަމަރުންކަމާއިމެދު ދެބަސްވެވޭކަށް ނެތެވެ. ފަށުވިފޭރާމުގެ ކަސްޓަމަރުން ބުނާ ގޮތުގައި، އެތަނުން ގަންނަ އަބާޔާގެ ކޮލިޓީ ރަނގަޅެވެ. ކަސްޓަމަރުންނާއި މުއާމަލާތްކޮށް ޑެލިވަރީގެ ހިދުމަތް ދިނުން ވެސް އަވަސް ކަމަށް ކަސްޓަމަރުން ދީފައިވާ ”ރިވިޔު“ތަކުން އެނގެއެވެ.

ފަށުވި ފޭރާންގެ ކަސްޓަމަރެއްގެ ހިޔާލު

ކުޑަކުދިންނަށް ހާއްސަ އަބާޔާ ވެސް، ފަށުވި ފޭރާމުން ލިބެން ހުންނައިރު، މަންމަ އާއި އަންހެން ދަރިފުޅު އެއްގޮތަކަށް އީދު ހެދުންލާން ބޭނުންވާނަމަ ވެސް، ފަށުވި ފޭރާން އިހްތިޔާރު ކުރެވިދާނެއެވެ. ދެމައިންނަށް ފެހި ހެދުން ވެސް ކަމުގޮސް، މަންމައަކު ވަނީ އެކަން ފާހަގަކޮށް، ތައުރީފު ކޮށްފައެވެ.

ފަށުވި ފޭރާންގެ ކަސްޓަމަރެއްގެ ހިޔާލު

އަބަދުވެސް ޕްރޮމޯޝަންތަކާއި ގިވްއަވޭ ކުރިއަށް ގެންދޭ

ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކަސްޓަމަރުން ކުރާ އިތުބާރު ކަމަށް ފަށުވި ފޭރާމުން ދެކެއެވެ. އެތަނުން އެންމެ ބޮޑު އިސްކަމެއް ދެނީ، ކަސްޓަމަރުންގެ ހިތްހަމަޖެހުމަށެވެ. އެހެންވެ، އެކި ދުވަސްތަކުގައި، ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ގިވްއަވޭތައް ކުރިއަށް ގެންދެއެވެ.

ފަށުވި ފޭރާންގެ އަބާޔާއެއް

މިދިޔަ ފިތުރު އީދާ ގުޅުވައި، ފަށުވި ފޭރާންގެ ކަސްޓަމަރުންނަށް އަބާޔާއާއި، އަތްދަބަހާއި، ސެންޓު ވެސް ގިވްއަވޭގެ ގޮތުގައި ދީފައިވެއެވެ.

ފަށުވި ފޭރާންގެ އިސް ބޭފުޅަކު ”އަސުރަށް“ ވިދާޅުވީ، އެތަނުން ވަރަށް ހެޔޮ އަގުގައި ވެސް އަބާޔާ ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ސޭ، ނިދާ އަދި ޒޫމް ފަދަ ތަފާތު މެޓީރިއަލްގެ އަބާޔާ އެންމެ ފަހުގެ ޑިޒައިންތަކުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

ފަށުވި ފޭރާންގެ އަބާޔާއެއް

ފަށުވި ފޭރާާންގެ ޝޯރޫމް ހުންނަނީ ހުޅުމާލެ ފޭސް އެކެއްގެ ރަބަރުގަސްމަގު، 9ގައެވެ. މި ލިންކުން ލޮކޭޝަން ބަލާލެވޭނެއެވެ.

 

ފަށުވި ފޭރާންގެ ފިހާރަ

މިފަހަރުގެ އަޟްހާ އީދަށް އަބާާޔާ ގަނެލައިގެން، އިތުރު އަބާޔާ، އަތްދަބަސް އަދި ސެންޓު ލިބުމުގެ ފުރުސަތު ލިބިފައިވާއިރު، އަވަހަށް އަބާޔާ ގަންނަން ޕްރީ-‏އޯޑަރު ކުރާށެވެ.