އުރީދޫން ޔޫރޯ 2024ގެ ހުރިހާ މެޗެއް ސޮނީ ލިވް އެޕުން ދައްކާނެކަން އިއުލާނުކޮށް، މެޗުތައް ބެލުމަށް ޚާއްޞަ ޑޭޓާ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.

Ads by Asuru
އުރީދޫން ބުނީ، ޔޫރޫގެ ހުރިހާ މެޗެއް ކޮންމެ ތަނަކުން، ކޮންމެ ވަގުތެއްގައި ވެސް ސޮނީ ލިވްއިން ލައިވްކޮށް ބެލޭނެ ކަމަށެވެ.
250 ރުފިޔާއަށް 100ޖީބީ ލިބުމުން، 30 ދުވަހަށް ހިލޭ ސޮނީ ލިވް ޕްރީމިއަމް އެކްސެސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

އެ ޕެކޭޖު ލައިވް ކުރާނީ މި ހަފުތާ ނިމުމުން ކަމަށް އުރީދޫން ބުންޏެވެ. އަދި އުރީދޫގެ ކަސްޓަމަރުންނަށް ޚާއްޞަ ސޮނީ ލިވްގެ އެކި އެޑް-އޮންތަކަށް ސަބްސްކްރައިބްކޮށް، މެދުނުކެނޑި ޔޫރޯގެ ފޯރީގައި ބައިވެރިވެވެން ހުންނާނެ ކަމަށް ވެސް ބުންޏެވެ.

އުރީދޫން ވަނީ ޔޫރޯއާ ދިމާކޮށް ޚާއްޞަ ޕްރޮމޯޝަންތަކެއް ވެސް ތައާރަފުކޮށްފައެވެ.