އަޟްޙާ ޢީދު އައިސް ޖެހުނީއެވެ. ޢީދަށް އާ އަބާޔާއެއް ހޯދައިފިން ހެއްޔެވެ؟ ހެޔޮ އަގުގައި، ކޮލިޓީ، އަދި އެހައިމެ ޗާލު އަބާޔާ ހޯދަން ޑްރީމްސްކްލޮތިން އެމްވީ އިން އަނެއްކާވެސް މިވަނީ ފުރުޞަތު ފަހިވެފައެވެ.

Ads by Asuru

އެ ތަނުން ގަންނަ، ނުވަތަ ފަހާ ކޮންމެ އަބާޔާއަކަށް ފަސް އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ދިނުމަށް މިވަނީ ނިންމާފައެވެ.

ޑްރީމްސްކްލޮތިންގެ އަބާޔާއެއް

ޑްރީމްސްކްލޮތިން އިން، މިހާރު އެންމެ މަޤުބޫލު އަބާޔާ ފޮތީގައި، ބޭނުން ޑިޒައިނަކަށް އަބާޔާ ފަހާދޭނެއެވެ. މިގޮތުން ޒޫމް، ފުކުރޯ، ޝަބާނާ، ސޭ، މިރެކްލް ކްރޭޕް، މޮނާކޯ، އަދި ވޫލް ޕީޗް އޮރަގިރި ފެބްރިކްގައި، ތަފާތު ކުލަތަކުން، ބޭނުން ސައިޒަކަށް އަބާޔާ ފަހައިދީ، އެކި ރަށް ރަށަށް ވެސް ފޮނުވައިދެއެވެ. އަދި މާލެ ސަރަހައްދުގައި ވެސް ޑެލިވަރީގެ ހިދުމަތް ދެއެވެ.

ޑްރީމްސްކްލޮތިންގެ އަބާޔާއެއް

ޑްރީމްސްކްލޮތިންގެ ފޭސްބުކް ޕޭޖުން އެތަނުން ފަހާ އަބާޔާ ފެންނަން ހުންނާނެއެވެ. ޒަމާނީ ފޮތީގައި ފަހާ ރީތި އަބާޔާތަކެއް އިންސްޓެންޓް ކޮށްވެސް ގަނެލެވެން އެބަހުއްޓެވެ.

ޑްރީމްސް ކްލޮތިންގެ އަބާޔާއެއް

މި ތަނުގެ ހިދުމަތް އަވަސް ވެފައި، ކަސްޓަމަރުންނަށް ދޭ ޔަގީންކަމަކީ އަބާޔާގެ ކޮލިޓީ ރަނގަޅުވެފައި، އަގު ވެސް ބޮޑު ނުވާނެ ކަމުގެ ޔަގީންކަމެވެ.

ޑްރީމްސްކްލޮތިންގެ އަބާޔާއެއް

ޑްރީމްސްކްލޮތިންގެ އަބާޔާއެއް އޯޑަރު ކޮށްލުމަށް 9906143 އަށް ގުޅާލާށެވެ. ނުވަތަ ޕޭޖަށް މެސެޖުކޮށްލައިގެން ވެސް، އަބާޔާއަށް އޯޑަރު ދެވޭނެއެވެ.