ސޯމާލިއާގެ ބަޔަކު ރާއްޖޭގެ ފަޅުރަށަކަށް ޑިންގީއެއްގައި ލައްގައިފިއެވެ.

Ads by Asuru

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނ. އަތޮޅު ވަވަތިއަށް މިއަދުގެ ވަގުތެއްގައި ޑިންގީއެއް ލައްގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފަޅުރަށަށް ލެއްގި ޑިންގީގައި ތިބި މީހުން

އެ އުޅަނދުގައި ސޯމާލިއާއަށް ނިސްބަތްވާ ތިން މީހަކު ތިބި ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

އާންމުވެފައިވާ ފޮޓޯއިން ފެނިގެންދަނީ ސޯމާލިއާއަށް ނިސްބަތްވާ ކަމަށް ބެލެވޭ ތިން ފިރިހެނަކު ވަވަތީގައި ހުރި ބެންޗެއްގައި އިށީނދެ ތިބޭ މަންޒަރެވެ.