އައްޑޫ ސިޓީ ޝަރީޒް ކޮމްޕްލެކްސް ސަރަހައްދުގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖު ފެށުމުގެ ކުރިންވެސް އަދި މިހާރުވެސް ސަރުކާރުން ވަރަށް ގާތުން ބަލައި، އަޑުއަހަމުންދާކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

Ads by Asuru

މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ލިބުން ލަސްވެގެން ކަމަށް ބުނެ، އައްޑޫ ސިޓީގެ ހުޅުމީދޫގައި މަސްވެރިން ކުރިއަށްގެންދާ އިހުތިޖާޖާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝިޔާމް ވަނީ މިކަމާއި ގުޅިގެން މިފްކޯ އަދި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތަފްސީލު ހިއްސާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

މި މަހުގެ 13 ވަނަ ދުވަހުވެސް ސަރުކާރުގެ މަސްކުުންފުނި، މިފްކޯއިން މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން 46 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

މިފްކޯއިން ބުނީ، ބާކީ ހުރި ފައިސާ ދައްކާ ހަލާސް ކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ މިނިސްޓްރީން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.